އުރީދޫ

ޕްރީއޯޑާ ކުރި އުރީދޫގެ ކަސްޓަމަރުންނަށް ފޯނު ހަވާލުކުރަން ފަށައިފި

އުރީދޫ މޯލްޑިވްސް އިން އައިފޯން 15 ގަތުމަށް ޕްރީއޯޑަކޮށްފައިވާ ކަސްޓަމަރުންނަށް ފޯނުތައް ހަވާލުކުރަން ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައި ރޭ މެންދަމު 12 ޖެހިއިރު ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތަކީ ކިއުގައި، ނުޖެހި ލައިވް މިއުޒިކާއެކު ހިތްގައިމު މާހައުލެއްގައި ފޯނާއި ހަވާލުވުމުގެ ތަޖުރިބާއެއް އުފައްދައިދިން ހަރަކާތެކެވެ.

ޕްރީއޯޑަ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާ ހަވާލުވުމަށް ނުދެވުނު ކަސްޓަމަރުންނަށް މޫލީ އިން މިހާރު ވަނީ ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވަ ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކޮށްފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނޭ ހެންނެވެ.

އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ.

ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފައިވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނެ އެވެ.

މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑަ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފައެއްގެ ގޮތުން އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޯބައިލް ޑޭޓާ މުޅިން ހިލޭ ލިބެ އެވެ.

ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަ ކުރި ފަރާތްތަކުން “Bonus100GB” ކީވޯޑް ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ކުރުމުން ލިބެ އެވެ.