އުރީދޫ

އުރީދޫއިން ހުކުރު ދުވަހުގެ ރޭ އައިފޯން 16 ސީރީޒް ޕްރީ އޯޑަރަށް ހުޅުވާލަނީ

އުރީދޫ މޯލްޑިވްސް އިން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 އިން ފެށިގެން އެންމެ ފަހުގެ އައިފޯން ޕްރީ އޯޑަރަށް ހުޅުވާލުމަށް ނިންމައިފި އެވެ.

އައިފޯން 16 އަދި އައިފޯން 16 ޕްލަސް އަކީ މުޅިން އާ އޭ18 ޗިޕް ހިމަނައިގެން، ކެމެރާ ކޮންޓްރޯލް، އެޑްވާންސް ކެމެރާ ސިސްޓަމަށް އީޖާދީ އަޕްގްރޭޑް، އެކްޝަން ބަޓަން ބޭނުންކޮށްގެން ބޭނުންތެރި ފީޗާތައް އަވަހަށް ހޯދުމަށާއި، ބެޓެރީ ލައިފް އިތުރަށް ރަގަޅުކޮށްފައިވާ މޮޑެލް ތަކެކެވެ.

އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސް އަކީ އޭ18 ޕްރޯ ޗިޕްގެ އެހީގައި މިދާއިރާގެ އެންމެ ކުރިއަރާފައިވާ ސީޕީޔޫ
ޕާފޯމަންސް، ބޮޑު ޑިސްޕްލޭ ސައިޒްވެސް ހިމަނައިގެން އުފައްދާފައިވާ މޮޑެލްއެކެވެ.

އުރީދޫ އަކީ ރާއްޖެއަށް އެންމެ ފަހުގެ ފޯނާއި ޓެކްނޮލޮޖީ ތައާރަފް ކުރުމުގައި އެންމެ ފާހަގަކުރެވޭ އެއް ކުންފުންޏެވެ.