ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުރީދޫ ޑިޖިޓަލް ސެންޓަރުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ސެންޓަރުތައް އިތުރު ތިން ރަށެއްގައި ގާއިމްކޮށް ހިދުމަތް ފުޅާ ކޮށްފި އެވެ.

އުރީދޫގެ ހިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރުތައް ގާއިމް ކޮށްފައިވަނީ ކުޅުދުއްފުށީގެ އިތުރުން ތިނަދޫ އާއި ފުވައްމުލަކުގަ އެވެ. މި ސެންޓަރުތަކުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާޖްކޮށް ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދެ އެވެ.

ޑިޖިޓަލް ސެންޓަރުން ގިނަ ހިދުމަތް ތަކެއް ކަސްޓަމަރުންނަށް ހަފްތާގެ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާނެ އެވެ. މި ހިދުމަތްތަކުގެ ތެރޭގައި ބިލަށް ފައިސާ ދެއްކުމާއި ރީޗާޖްގެ ހިދުމަތްތަކާއި އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހިދުމަތްތަކާ ބެހޭ ގޮތުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށް ވުރެ ބޮޑުވެފަ. މިހާލަތުގައި މި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަ ތަކެއް ލިބިގެން ދާނެ،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫ އިން ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ސެންޓަރު ތައާރަފު ކުރީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ހަމަ އެއާއެކު، ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދެވަނަ ޑިޖިޓަލް ސެންޓަރެއް ވަނީ ހުޅުމާލޭގައި ވެސް ގާއިމް ކޮށްފަ އެވެ.