ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިއާދަކުރަނިވި ހަކަތަ

ސޯލާ ހަކަތަ މަޝްރޫއުތަކުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ އާބާދީ ބޮޑު ހަ ރަށެއްގައި ސޯލާ ޕެނަލް ޖަހައިގެން އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދައި ހިދުމަތް ދިނުމަށް ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށް ހުޅުވާލި ބީލަމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވޯލްޑް ބޭންކުގެ އެހީގައި އެކްސެލޭޓިވް ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން އިއާދަކުރަނިވި ހަކަތައިން ކަރަންޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ރަށްރަށަކީ، ބ. އޭދަފުށި، ޅ. ހިންނަވަރު، ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީ އެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށްތަކުގައި 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދަން ޖެހެ އެވެ. އެ މަސައްކަތް ގެންދަން ޖެހެނީ "ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް، ޓްރާންސްފާ" ގެ އުސޫލުންނެވެ. އެހެންކަމުން ނިޒާމު ޑިޒައިން ކުރުމަށާއި ގާއިމު ކުރުމަށް ހަވާލުވާ ފަރާތުން ކަރަންޓުގެ ހިދުމަތް ދީ، ހިންގަން ވެސް ޖެހޭނެ އެވެ.

މި މަސައްކަތަށް ޝައުގުވެރިވެ އަދި ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންގެ މުއްދަތަށް ފުރަތަމަ އިއުލާން ކުރި މުއްދަތު ހަމަވުމުން، ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ މުއްދަތު އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހާ ހަމައަށް އެ މުއްދަތު އިތުރުކޮށްފަ އެވެ.

ޕްރީކޮލިފިކޭޝަން އެޕްލިކޭޝަނަށް ރަޖިސްޓްރީ ވުމަށް 1،500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އޮންލައިންކޮށް މަޝްރޫއުތަކުގެ ރަޖިސްޓްރޭޝަން ފީ ދެއްކުމުގެ އިންތިޒާމުތައް ފިނޭންސް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ. ފީ ދައްކަން ޖެހޭނީ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް (ބަނޑޭރި ޕޭ)[https://bandeyripay.finance.gov.mv] މެދުވެރިކޮށެވެ.