ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެސްޓީއޯ

ކާޑާއެކު ރަށްރަށަށް އެސްޓީއޯއިން މުދާ ފޮނުވަން ފަށައިފި

އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ މީހުނަށް ބޭނުންވާ ކާޑާއި އެހެނިހެން މުހިންމު ބާވަތްތައް ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މި ދަނޑިވަޅު ރައްޔިތުންގެ ފުޑް ސެކިއުރިޓީ ދެމެހެއްޓުމަކީ އެ ކުންފުނިން މި ވަގުތު އެންމެ ބޮޑު އިސްކަންދޭ ކަންތައް ކަމަށެވެ. އެހެންވެ ރަށްރަށަށް ބޭނުންވާ ފިޔާ އާއި ބިހާއި އަލުވީގެ އިތުރުން ކާޑުގެ ބާވަތްތަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބައެއް ރަށްތަކަށް އެތަކެތި މިހާރު ފޮނުވާފައިވާ ކަމަށާއި އަދި އެހެން ރަށްތަކަށް ފޮނުވަން ދޯންޏަށް މުދާ ބަރުކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ކާޑު ފޮޮނުވާފައި ވަނީ ބ. އޭދަފުށްޓާއި އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަށެވެ.

މާލެ ސިޓީ މިހާރު ލޮކް ޑައުން ކޮށްފައިވާއިރު އާންމުންނަށް ގޭގަ ތިބެގެން ވިޔަފާރި ކުރަން އެސްޓީއޯ އިން ވަނީ މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން ޑެލިވެރީގެ ހިދުމަތް ފަށައި 24 ގަޑިއިރު އެ ހިދުމަތް ދެއެވެ،