ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

ރަށު ކަރަންޓީނަށް ފުރަތަމަ އައްޑޫގެ 50 މީހުން

Jun 7, 2020
މާލެ ސިޓީން އަތޮޅުތެރެއަށް ފުރާ ބައެއް -- ފޮޓޯ: އަބްދުﷲ ޝަފީއު (އަބޯ) | އަވަސް
0%
0%
0%

މާލޭ ސިޓީގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީނު ކުރުމުގެ އުސޫލުގެ ތެރެއިން 50 މީހަކު އައްޑޫ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށައިިފި އެވެ.

މާލޭގައި ރަށްރަށަށް ނުދެވިފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީނު ކުރުމާ ބެހޭ އުސޫލެއް ނެރެ އަމަލު ކުރަން ފަށާފައިވަނީ މިއަދުއެވެ.

އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން ރަށްރަށުގައި ކަރަންޓީނުވުމަށް ފުރުސަތު ދެވޭނީ ކައުންސިލްގައި އެކަމަށް ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އަދި އެމީހުން ކަރަންޓީނުވުމަށް އެދޭ ގެއަކީ ހޯމް ކަރަންޓީނުގެ އުސޫލަށް ފެތޭ ތަނެއްތޯ ކައުންސިލްތަކުން ބަލާނެ ކަމަށެވެ.

އެކަން ކަށަވަރު ކުރުމަށްފަހު، ކައުންސިލުން އެދޭ ތަރުތީބުން ލިސްޓް ލޯކަލް ގަވަރުމެންޓް އޮތޯރިޓީއަށް ފޮނުވައި މީހުން ރަށްރަށަށް ގެންދިޔުމުގެ އިންތިޒާމް ހަމައްސަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ. ކަރަންޓީނަށް މީހުން ރަށްރަށަށް ގެންދާނީ ސަރުކާރުގެ ހަރަދުގަ އެވެ. އަދި ގޭގައި ކަރަންޓީނުވުމަށް އަންގާނީ 24 ދުވަހަށެވެ.

އެ 24 ދުވަހުގެ ކަރަންޓީނަށްފަހު ކޮވިޑް-19އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވެއްޖެނަމަ، އެމީހަކު ކަރަންޓީނު ދޫކޮށްލެވޭނެ އެވެ. މިގޮތަށް ގޭގައި ކަރަންޓީނުވުމަށް ރަށްރަށަށް ފޮނުވާނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ.

އެންއީއޯސީން ބުނީ އެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާ އެގޮތުން ރަށު ކަރަންޓީނަށް އައްޑޫ ސިޓީއަށް 50 މީހުން ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެ އެންމެންނަކީވެސް ލޮކްޑައުންގެ ސަބަބުން މާލޭގައި ތާށިވެފައިތިބި މީހުން ކަމަށްވެސް ބުންޏެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މާލޭގައި ކޮވިޑް-19އާ ގުޅިގެން ގިނަ ބަޔަކު ތާށިވެފައި ތިބިއިރު ރަށްރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވެފައި ވެސް ގިނަ ބަޔަކު އެބަތިއްބެވެ. މިހާރު މާލެއިން މީހުން ގެންގޮސް ކަރަންޓީނު ކުރަނީ ރިސޯޓްތަކުގަ އެވެ. ނަމަވެސް އެކަމަށް ދިގު މުއްދަތެއް ނަގައި މީހުންނަށް ރަށަށް ދެވުން ލަސްވާތީ ކަންބޮޑުވުންތައް ގިނަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345