ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 11 ޕޮޒިޓިވް، މިހާރުގެ އަދަދަކީ 1031

ބަލި މީހަކު ގެންދާ އެމްބިއުލާންސްއެއް: މިރޭ ވެސް 11 މީހަކު ވަނީ ޕޮޒިޓިވްވެފައި ފޮޓޯ: އަހުމަދު އަޝްހާދު | އަވަސް
25%
0%
75%

ކޮވިޑް-19 އަށް އިތުރު 11 މީހަކު މިރޭ ރާއްޖެެ އިން ޕޮޒިޓްވެ ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭގެ މެންދަމު ބުނީ އިތުރު 11 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ދިވެހިން ކަމަށެވެ. އެއީ އަށް ދިވެހިންނާއި ތިން ބިދޭސީއެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގަލްދޭޝްގެ މީހުންނެވެ.

މީގެ ކުރިން މިއަދު 38 މީހަކު ޕޮޒިޓިވިި އެވެ. އެ މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1031 އަށް އަރާފަ އެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 46 މީހުންނެވެ.

މިދިޔަ މަހުގެ 15 ގައި މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށި ފަހުން މިހާތަނަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޕޮޒިޓިވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ސިއްހީ މާހިރުން ލަފާ ކުރައްވާ ގޮތުގައި މި ދެ ހަފުތާގައި މާލޭގެ ހާލަތު އިތުރަށް ގޯސް ވެދާނެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން މަރުވެފަ ވަނީ ސިފައިންގޭގެ ގުދަނެއްގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝް މީހެކެވެ. މަރުވި ތިން ވަނަ މީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ވައިރަހުގައި މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ވެސް ވަނީ އަވަހާރަވެފަ އެެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އޭނަމީނަ

އަޖީ.އެމް.އެޗަށްދާ މީހުން ޕޮސިޓިއުވާލެއްމަދު. އެތާގަތިބޭ ނަރުހުން ބަލިމީހުންނަށް ފަރުވާދިނުމުގައި ވަރަށް ފަރުވާކުޑަ. އެއީ އެކަކުގައިގަ އަތްހަކަހާކާފަ އެނެއް ބަލިމީހާއަށް އެޓެންޑުވާ ގަޑީގަ އަތެއްސާފެންނުކުރޭ. މީސްމީހުންގެ ކަންގަތާއި ނޭފަތުގަ އަތަލާފަ އަތްސާފުނުކޮށް ދާހުރިހާ މީހުންނަށް ހިދުމަތްދެނީ. ދެންކިހާ އަވަހަކަށް ވައިރަސް ޓުރާންސްފާ ވާނެ.!

ނުކުރާނަމޭ

ރާއްޖޭގެ މެޑިކަލް ޑޮކްޓަރުން ދައްކާ ޗާހަކަ މަމެން ގަބޫލެއް ނުކުރާނަމޭ އިނގޭތޭ..

ޙަނާ

އަދިކިރިޔާ ކަންނޭނގެ ރަނގަޅަށް ތި ޓެސްޓު ކުރެވެނީ. މަރަށްވެސް ހައިސިއްޔަތު. ވިޔަފާރިވެރިއަކަށް ވީމަ އަވަހާރަވީ. އެހެން އެންމެން ވާނީ މަރު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345