ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫން 26 މީހަކު އެކަހެރި ކޮށްފި

ކޮވިޑް ޖެހިފައިވާ ބަޔަކު އެކަހެރި ކުރުމުގައި ހަރަކާތްތެރިވާ ބައެއް: މިއަދު އައްޑޫ މީހަކުވެސް ވަނީ ޕޮޒިޓިވްވެފައި - ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
0%
0%
0%

ކޮވިޑް-19 އަށް ޕޮޒިޓިވްވި އައްޑޫ މީހާއާ ކޮންޓެކްޓްވި 26 މީހަކު އެކަހެރި ކޮށްފި އެވެ.

އައްޑޫ އިން ކޮވިޑަށް ޕޮޒިޓްވްވި މީހާއަކީ ސ. މަރަދޫ ފޭދުއަށް ނިސްބަތްވާ މީހެކެވެ. އަނަންތާރާގެ ރިސޯޓެއްގައި ވަޒީފާ އަދާކޮށްފައި އައްޑޫއަށް ދިޔަ އެ މީހާ ބަލިވެގެން އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ ރޭގެ ވަގުތެއްގަ އެވެ.

މިއަދު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގަައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވީ މިއަދު ހެނދުނު ޕޮޒިޓިވްވީ އައްޑޫ މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް 26 މީހަކު ފާހަގަ ކުރެވި އެ މީހުން އެކަހެރިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި އެ މީހާއާ ކޮންޓެކްޓްވި ހޮސްޕިޓަލްގެ ގިނަ އަދަދެއްގެ މުއައްޒަފުން ހިމެނެއެވެ.

އެގޮތުން ހަތް ޑޮކްޓަރުންނާއި 10 ނަރުހުން އައިސޮލޭޓްކޮށްފައިވާ ކަމަށް ޝަރަފް ވިދާޅުވިއެވެ. އެ މީހުން އައިސޮލޭޓްކުރީ ހޮސްޕިޓަލްގައި އެކަމަށް ހާއްސަ ކޮށްފަައިވާ ތަނެއްގައެވެ.

ދެން ހިމެނެނީ ޕޮޒިޓިވްވީ މީހާގެ އާއިލާ ބައެކެވެ. އެ މީހުންވެސް މިވަގުތު ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް ޝަރަފް ވިދާޅުވިއެވެ. އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާތީ އިތުރު މީހުން އެކަހެރި ކުރަން ޖެހިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އައްޑޫ މީހާއަށް ބަލި ޖެހުނު ގޮތް ހޯދުމަށް މަސަައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީ ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345