ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫގެ ހާލަތު ގޯސް، އިތުރު 32 ކޭސް

އައްޑޫ ސިޓީން އިތުުރު 32 މީހަކަށް ކޮވިޑް-19 ޖެހިއްޖެ އެވެ. އިއްޔެވެސް އެ ސިޓީން 28 މީހަކަށް ބަލި ޖެހިފައިވެއެވެ.

އިކުއަޓޯރިއަލް ހޮސްޕިޓަލުން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި 32 މީހުންގެ ތެރޭގައި ހިމެނެނީ މަރަދޫއިން ޕޮޒިޓިވްވި 21 މީހަކާއި ހިތަދޫ އިން ޕޮޒިޓިވްވި 10 މީހަކާއި މަރަދޫއިން މީހެކެވެ.

އެ ސިޓީން މިހާތަނަށް 1012 މީހަކަށް ވަނީ ބަލިޖެހިފައެވެ. ނަމަވެސް 739 މީހަކު ވަނީ ރަނގަޅުވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 270 އެވެ. އެ ސިޓީން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ބަލިން ފަސޭހަނުވެ ތިބި މީހުންގެ ތެރެއިން 139 މީހަކީ މަރަދޫ މީހުންނެވެ. 79 މީހަކު ނިސްބަތް ވަނީ ހިތަދޫ އަށެވެ. ފޭދޫގައި 17 މީހަކު އަދި މަރަދުފޭދޫގައި ނުވަ މީހަކު އެބަތިއްބެވެ. މީދޫގައި 22 އަދި ހުޅުމީދޫގައި ތިން މީހުން އެބަތިއްބެވެ. ގަމުގައި އެކަކެވެ.