ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ބަންދުކޮށްފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ބަންދުކޮށްފި އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫގެ ފޭދޫ ބަންދުކޮށްފައިވަނީ އެ ރަށްރަށުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެވެ. ކޮވިޑްގެ ހާލަތު އެ ރަށްރަށުގައި މިދިޔަ ދުވަސްތަކުގައި ދިޔައީ ގޯސްވަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ މިވަގުތުވެސް 21 ރަށެއް އޮތީ ބަންދުކޮށްފައެވެ. މިއަދު އެކަނިވެސް ފަސް ރަށެއް ވަނީ ބަންދުކޮށްފައެވެ.

އެޗްޕީއޭގެ މޮނިޓަރިންއަށް މިއަދު ގެނެސްފައިވަނީ އދ. މަހިބަދޫ އާއި ވ. ތިނަދޫ އާއި ށ. ކަނޑިތީމާއި ހދ. ނޮޅިވަރަމް އަދި މ. ވޭވަށެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާ ކަމަށެވެ.

އިއްޔެވެސް ދެ ރަށެއް ބަންދު ކުރިއެވެ. އެއީ ށ. މިލަންދޫ އާއި މުންޑޫއެވެ. މިލަންދޫއިން ވަނީ ހަތަރު މީހަކު ޕޮޒިޓިވްވެފައެވެ. މި ހަފްތާގެ މެދުތެރެއިން ފެށިގެން މުންޑޫގައި ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. އިއްޔެ ނެގި ސާމްޕަލްތަކުންވެސް ބައެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން މިރޭ ގދ. ތިނަދޫ އިން ވަނީ ކޮވިޑްގައި މީހަކު މަރުވެފައެވެ.