ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫން ކޮވިޑް ޖެހުނު އަދަދު 1075 އަށް

Sep 8, 2021
އައްޑޫ ސިޓީ ހިތަދޫ. އެރަށުން ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ވަނީ ފެނިފައި-- ފޮޓޯ: ސޯޝަލް މީޑިއާ
0%
0%
100%

އައްޑޫ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު 1075 އަށް އަރައިފިއެވެ. އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އިތުރު ނުވަ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އައްޑޫ ސިޓީގެ މަރަދޫގައި 138 ކޭސް، ހިތަދޫގައި 86 ކޭސް، މީދޫގައި 32 ކޭސް އަދި ފޭދޫގައި 28 ކޭސްގެ އިތުރުން މަރަދޫފޭދޫގެ 10 ކޭސް އާއި ހުޅުދޫގެ 10 ކޭސް ހިމެނޭހެން ޖުމްލަ 305 އެކްޓިވް ކޭސަސް އެ ސިޓީގައިވެއެވެ.

ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 685 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ. އެއީ މުޅީންވެސް ޑައިރެކްޓް ކޮންޓެކްޓުންނެވެ.

މިހާތަނަށް އެ ސިޓީން ނަގާފައިވާ 219 ސާންޕަލެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ކޮވިޑްގައި އައްޑޫސިޓީން ތިން މީހަކު ވަނީ މަރުވެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910