ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

ހުޅުދޫ އާއި މީދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ސ. ހުޅުދޫގެ ބަނދަރު ސަރަަހައްދު: އެރަށުގައި ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި -- ފޮޓޯ: އަހުމަދު އަޒްލީމް
0%
0%
0%

ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫގައި ފިޔަވަޅުތައް ވަރުގަދަ ކޮއްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ އާއްމު އެއްވުންތަކާއި ޕާޓީތައް ބޭއްވުން މެދުކަނޑާލުމަށާއި ހުޅުދޫ އަދި މީދޫ ސްކޫލްތަކުގައި ގްރޭޑް ނުވަޔަކުން ދަށުގެ ކްލާސްތައް ކުދިން ހާޒިރުކޮށްގެން ކިޔަވާދިނުން މެދުކަނޑާލުމަށް އަދި އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ގުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް މެދުކަނޑާލުމާއި އެކު ސްކޫލް ކުދިން ބައިވެރިކޮށްގެން ހިންގާ ހުރިހާ ހަރަކާތްތައް ހުއްޓާލުމަށް އަންގާފައިވާ ކަަމަށެވެ.

އަދި މިރެއިން ފެށިގެން ރޭގަނޑު 9 އިން ފަތިހު 4ކަށް ކާފިއު ހިންގަން ނިންމާ އެ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މިވަގުތު ތަކުގައި ކޮންމެހެން ބޭރަށް ދާންޖެހިއްޖެނަމަ އެ އަވަށެއްގެ އެސްއެސްޑީގެ ހުއްދަ ހޯދަން ޖެހެއެވެ.

މީގެ އިތުރުން ރޭގަނޑު 9 އިން ފެށިގެން ގާޑިޔާތަކާއި ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދިނުން މަނާވާނެ އެވެ. ނަމަވެސް ޑެލިވެރީގެ ހިދުމަތް 12 ޖަހަންދެން ދެވޭނެ އެވެ. އަދި ފިހާރަތައް 9 ޖަހާއިރު ބަންދުކުރުމަށާއި 10 ޖަހަން ދެން ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

މިއަދުން ފެށިގެން ހުޅުދޫ އަދި މީދޫ އިން ފުރާ އެންމެންގެ ޕީސީއާރް ނެގެޓިވް ނަތީޖާއަކާއެކު ފުރުމުގެ ހުއްދަ ދިނުމާއި ޒަރޫރީ ބޭނުމަށް ދަތުރުކުރާ މީހުން ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އަންގާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910