ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް މާލެ އިން އިތުރު 14 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ރާއްޖެއިން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

މިއަދު ވަނީ އިތުރު ނުވަ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުނެވެ. އެޗްޕީއޭއިން ބުނި ގޮތުގައި އަލަށް ޕޮޒިޓިވް މީހުންް އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ. މި މީހުންނަކީ އެެއް ތަނެއްގައި އުޅެމުންދިޔަ ބައެއް ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

މިރޭ ހާމަކުރި މީހުނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 108 އަށް އަރާފަ އެވެ.

އަދި މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 92 އަަށް އަރާފައެވެ.

މާލޭގެ އިތުރުން ދެން މި ބަލީގެ މީހަކު ފެނިފައިވަނީ އުލިގަމުންނެވެ. އެ މީހާ ޑައިރެކްޓްކޮންޓެކްޓްވި އިތުރު މީހަކަށްވެސް ބަލި ޖެހިފައިވެއެވެ. މީގެ އިތުރުން ސިފައިންގެ މީހަކާ، ޓެކްސީ ޑްރައިވަރަކާ، ޑެލިވަރީގައި އުޅުނު އަދި ބޮޑެތި ބައެއް މާޓްތަކުގައި މަސައްކަތް ކުރަމުންދިޔަ ބައެއް ބިދޭސީންނަށްވެސް މި ބަލި ޖެހިފައިވެއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހަކު ފެނުނުތާ 45 ވަރަކަށް ދުވަސް ފަހުން މާލެއިން މި ބަލި ފެންނަން ފެށީ މިދިޔަ ބުދަ ދުވަހުއެވެ. އެންމެ ފުރަތަމަ މާލެއިން ޕޮޒިޓިވްވީ އަންހެނެކެވެ. ދެން އޭނާގެ ދަރިފުޅެވެ. އަދި އެ ދެމައިންނާ ބައްދަލްވި އެތައް ބަޔަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލެ ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ. އަދި ރަށްތަކަށް ދަތުރުކޮށް މަނާކޮށް އަތޮޅުތެެރެއަަށްވެސް ވަނީ ހަރުކަށި ގަވާއިދުތަކެއް ނެރެފައެވެ.