ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވް ކޭސްތަކުން ކޭހެއް އުނިކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި 26 ވަނަ ކޭސް އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ކޭސަސްތަކުން އުނި ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެންއައިއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ 26 ވަނައަށް ޕޮޒިޓިވްވީ ކޭހަކީ ކޮންފޯމްޑް ކޭހެއް ނޫން ކަމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހާ ވެސް މަޝްވަރާ ކުރުމަށްފަހު، ކޮމްފާމްޑް ކޭސަސްތަކުގެ ތެރޭގައި ކޭސް ނަންބަރު 26 ހިމެނޭތީ މި ކޭސް ކޮމްފާމްޑް ކޭސަސްތަކުގެ ތެރެއިން އުނި ކޮށްލާނަން. އަދި ދެން އަންނަ އާ ކޭހަކަށް، ކޭސް ނަންބަރު 26 އެ ނަންބަރު ދޭނެ،" ނަޒުލާ ވިދާޅުވި އެވެ. "މީގެ ފަހުން ކޭސް 26 އަދި ދެވަނަ ޕްރޮބަބަލް ކޭސް ވަކިން ކައުންޓް ތެރޭގައި ވަކިން ޓޫ ޕްރޮބަބަލް ކޭސްގެ ގޮތުގަައި ފެންނާނެ. އެހެން ނަމަވެސް ޓޯޓަލް ކޭސްގެ ގޮތުގައި އެ ދެ ކޭސް ވެސް ހިމެނިގެން ދާނެ."

ކޮވިޑް-19 އަށް މާލެ އިން އިތުރު 14 މީހަކު ޕޮޒިޓިވްވެފައިވާކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ.

މިއަދު ވަނީ އިތުރު ނުވަ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުނެވެ. އެޗްޕީއޭއިން ބުނި ގޮތުގައި އަލަށް ޕޮޒިޓިވް މީހުންް އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ. މި މީހުންނަކީ އެެއް ތަނެއްގައި އުޅެމުންދިޔަ ބައެއް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިރޭ ހާމަކުރި މީހުނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 108 އަށް އަރާފަ އެވެ.

އަދި މާލެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 92 އަަށް އަރާފައެވެ.