ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ ޕޮޒިޓިވް އަދަދު 527 އަަށް

އިތުރު 8 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 527 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިއަދު 8 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއީ ފަސް ދިވެހިންނާއި ތިން ބިދޭސީންނެވެ. އެ މީހުން ނިސްބަތްވަނީ ބަންގަލްދޭޝް އަށެވެ.

އެހެން ކަމުން ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 527 އަށް އަރާފައެވެ. އެއީ 181 ދިވެހިންނާއި 346 ބިދޭސީންނެވެ.

އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 28 މީހުންނެވެ. ހުކުރު ދުވަހުވެސް ވަނީ 23 މީހަކު ޕޮޒިޓިވްވެފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.