ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ޗެމްޕިއަނެއް ނެތި ހޮލެންޑް ސީޒަން ނިންމާލައިފި

ޗެމްޕިއަން ޓީމެއް އަދި ޓީމެއް ރެލިގޭޓް ވާނެ ޓީމެއް ކަނޑަ ނާޅައި، ހޮލެންޑްގެ ފުޓްބޯޅަ ސީޒަން ނިންމާލައިފި އެވެ.

ހޮލެންޑްގެ ސީޒަން ނިންމާލުމަށް، އިއްޔެ ކުލަބުތަކުން ނިންމީ، ކޮރޯނާ ވައިރަސްއާ ގުޅިގެން ސެޕްޓެމްބަރު މަހުގެ އެކަކަށް ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް އެ ގައުމުގެ ބޮޑުވަޒީރު މާކް ރޫޓެ އެންގެވުމުންނެވެ. ހޮލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއްޔަ ވަނީ އެކަމާ މެދު ގޮތް ނިންމުމަށް ކުލަބުތަކާއެކު މަޝްވަރާ ކޮށްފަ އެވެ.

ޑަޗް ލީގްގެ އެންމެ ކުރީގައި އޮތް ދެ ޓީމަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. އަޔެކްސް އާއި އޭޒެޑް އަކްލާމާއަށް ވެސް ލިބިފައި ވަނީ 56 ޕޮއިންޓެވެ. ލަނޑު ތަފާތުން ކުރި ލިބެނީ އަޔެކްސް އަށެވެ. އެހެންވެ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގްގެ ޖާގަ ލިބޭނީ އަޔެކްސް އަށެވެ.

ސީޒަން ނިންމާލުމުން، އެއްވެސް ޓީމެއް ރެލިގޭޓް ނުވާނެ އެވެ. އެޔާއެކު ދަށް ޑިވިޝަންތަކުގެ އެންމެ ކުރި ހޯދާ ޓީމަށް ޕްރަމޯޝަންގެ ފުރުސަތުވެސް ވަނީ ބަންދު ވެފަ އެވެ.

ބެލްޖިއަމް އާއި ސްކޮޓްލޭންޑުން ވެސް ވަނީ ލީގް ނިންމާލުމަށް މަޝްވަރާ ކޮށްފަ އެވެ. އެ ދެ ގައުމުގެ ލީގްގެ ވެސް ކުލަބުތަކުގެ މެދުގައި ވަނީ ނިންމުން ނިންމާފަ އެވެ. އެއީ ބެލްޖިއަމްގެ ލީގް ޗެމްޕިއަންކަން ކުލަބު ބުރޫޖަށް ލިބޭ ގޮތަށެވެ. ސްކޮޓްލޭންޑްގެ ޗެމްޕިއަން ސެލްޓީކަށެވެ. ސްކޮޓްލޭންޑުން ނިންމާފައި ވަނީ އެންމެ ފަހަުތުގައި އޮތް ދެ ކުލަބު ރެލިގޭޓް ކުރުމަށެވެ.