ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޒައިނުއްދީން ޒިދާން

ކޮވިޑް-19: ރެއާލްގެ ޓީމުން ޒިދާން އެކަހެރި ކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން، ޓީމުގެ ސްކޮޑުން އެކަހެރި ކޮށްފި އެވެ.

ސުޕެނިޝް ސުޕަ ކަޕުން އަދި ސުޕެނިޝް ކަޕުން ކެޓުމުން، ޒިދާންގެ މަގާމާ މެދު ސުވާލު އުފެދިފައި ވަނިކޮށް، އޭނާއަށް އިއްޔެ ކޮވިޑް ޖެހިފައިވާކަން އެނގުމުން މިހާރު ވަނީ ކުލަބުގެ މަސައްކަތްތަކުން އެކަހެރި ކޮށްފަ އެވެ.

ޓީމުގެ ހެޑް ކޯޗްގެ ޒިންމާތައް މިހާރު އުފުލަމުން ދަނީ އޭނާގެ އެސިސްޓެންޓް ކޯޗް ޑޭވިޑް ބެޓޮނީ އެވެ. ޒިދާންގެ ދުވަސްވީ ރަހުމަތްތެރިޔާ ބުނީ، ޒިދާންގެ ހާލު ރަނގަޅު ކަމަށެވެ.

ޑިޕޯޓިވޯ އަލަވޭޒް އާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސްއަށް ވެސް ހާޒިރުވީ ވެސް ބެޓޮނީ އެވެ. ޕްރެސްއަށް ހާޒިރުވެ އޭނާ ބުނީ، ޒިދާނަށް މެޗުގައި ބައިވެރި ނުވެވުނަސް އޭނާގެ ހިއްސާ މެޗުގައި އޮންނާނެ ކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.

"ޒިދާންއަށް ޖިސްމާނީ ގޮތުން އަހަރެމެންނާ އެކު ނުހުރެވޭނެ އެކަމަކު މެޗުގައި އޭނާގެ ސަޕޯޓް އަހަރެމެންނަށް ލިބޭނެ ކުޅުންތެރިންނަށް އޭނާގެ ފަރާތުން އެހީތެރިކަން ލިބޭނެ."

މިޑްފީލްޑާ މާޓެން އޮޑެގާޑް، ލޯން އުސޫލުން އާސެނަލްއަށް ދޫކޮށްލަން ރެއާލް އިން ވަނީ އެއްބަސް ވެފަ އެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ބެޓޮނީ ބުނީ އޭނާއަކީ އެސިސްޓެންޓް ކޯޗު ކަމަށާއި ޓީމުގެ ހުރިހާ ކަމެއްގައި އޭނާ ޝާމިލުވެ ނޫޅޭ ކަމަށެވެ. އެހެންވެ އޭނާ އަށް އެކަންކަން ނޭނގޭ ކަމަށް ބެޓޮނީ ބުންޏެވެ.

އަލަވޭޒް އާއި ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދންވަރު 1:00 ގަ އެވެ.