ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ކޮވިޑް: ބާސާއާ ދެކޮޅަށް ސުއަރޭޒަށް ނުކުޅެވޭނެ

އުރުގުއޭ އާއި އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވް ކުރިއަށް ހުރި މުހިންމު މެޗުތަކުގައި ނުކުޅެވޭނެކަން ކަށަވަރު ވެއްޖެ އެވެ.

ސުއަރޭޒް ކޮވިޑަށް ޕޮޒިޓިވް ވީ އިއްޔެ އެވެ. އޭނާ މިހާރު ވަނީ އެކެހެރި ކޮށްފަ އެވެ. އުރުގުއޭގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނީ، މުޅި ޓީމުގެ ޓެސްޓް ހެދިއރު ސްކޯޑުގެ އެހެން ދެ މެންބަރުން ކަމަށްވާ ގޯލްކީޕަރު ރޮޑްރިގޯ މުނޯޒް އަދި ޓީމުގެ އޮފިޝަލް މަޓިއަސް ފަރާލް ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މުޅި ޓީމުގެ ޓެސްޓް ހެދީ އުރުގުއޭގެ ޑިފެންޑަރު މަޓިއަސް ވިނާ އާދިއްތަ ދުވަހު ޕޮޒިޓިވްވިކަން އަލާމަތްތަކުން އެނގުމުންނެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިރޭ ބްރެޒިލް އާ ދެކޮޅަށް ކުޅޭ މެޗުގައި މުނޯޒް އާއި ސުއަރޭޒްއަށް ބައިވެރި ނުވެވޭނެ އެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ސުއަރޭޒްގެ މިހާރުގެ ކުލަބު އެތުލެޓިކޯއިން ނުކުންނާނީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އާ ދެކޮޅަށެވެ. އެ މެޗުގައި ވެސް އޭނާއަށް ބައިވެރި ނުވެވޭނެ އެވެ.

ޗެމްޕިއަންސް ލީގްގައި މިމަހު 25 ގައި ލޮކޮމޯޓިވް މޮސްކޯ އާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ސުއަރޭޒަށް ނުކުޅެވޭނެ އެވެ.