ލަ ލީގާ

ބާސާ ބަލިކޮށް އެޓްލެޓިކޯ މެޑްރިޑް އެއްވަނައަށް އަރައިފި

ބާސެލޯނާ އަދި އެޓްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ތެރެއިިން
0%
0%
0%

ރޭ ކުޅުނު ލަލީގާގެ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެ، ފަހު ގަޑީގައި ކާމިޔާބުކުރި ލަނޑުން އެޓްލެޓިކޯ މެޑްރިޑް 2-1ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މި މޮޅާއެކު އެޓްލެޓިކޯ ވަނީ ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް އަރާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ބާސެލޯނާގެ ޕެޑްރީ އެވެ. ނަމަވެސް ދެވަނަ ހާފުގައި އެޓްލެޓިކޯގެ ރޮޑްރިގޯ ޑި ޕޯލް އަދި އެލެކްސަންޑަ ސޯލޮތް ވަނީ ލަނޑު ޖަހާފަ އެވެ. ސޯލޮތްގެ ލަނޑަކީ މެޗުގެ 96 ވަނަ މިނެޓުގައި ޖެހި ކާމިޔާބުގެ ލަނޑެވެ.

މި މޮޅުވުމާއެކު އެޓްލެޓިކޯ ވަނީ ބާސެލޯނާއަށް ވުރެ 3 ޕޮއިންޓް އިތުރަށް ހޯދައި، އެއްވަނައަށް ޖެހިލާފަ އެވެ. އަދި އެޓްލެޓިކޯ އަތުގައި އަދިވެސް އެއް މެޗު އިތުރަށް އެބައޮތެވެ. ބާސެލޯނާގެ ފަރާތުން މިއީ ވިދިވިދިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. 1987 ވަނަ އަހަރުން ފެށިގެން ބާސާ އިން މިގޮތަށް ބަލިވެފައެއް ނުވެ އެވެ.

އެޓްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީއަށް މިއީ ލަލީގާގައި ބާސެލޯނާގެ ގޭގައި ކުޅެ ލިބުނު ފުރަތަމަ މޮޅެވެ. މިއާއެކު އެޓްލެޓިކޯ ވަނީ ހުރިހާ މުބާރާތްތަކުން ވިދިވިދިގެން 12 މެޗު ކާމިޔާބުކޮށްފަ އެވެ.

މިރޭ ކުޅޭ ރެއަލް މެޑްރިޑް އާއި ސެވިއްޔާގެ މެޗުން ރެއާލް މޮޅުވެއްޖެނަމަ، އެ ޓީމަށްވެސް ބާސެލޯނާއަށްވުރެ ކުރިއަށް ޖެހިލެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910