ލަ ލީގާ

ރެއާލް އަދި އެޓްލެޓިކޯ އެއްވަރު، ބާސާއަށް ރަނުގެ ފުރުސަތެއް

0%
0%
0%

ލަ ލީގާގެ ފަހުގެ މެޗުތަކުގައި ރެއާލް މެޑްރިޑް އަދި އެޓްލެޓިކޯ މެޑްރިޑް މުހިންމު ޕޮއިންޓްތަކެއް ގެއްލުވާލައިފި އެވެ.

މިކަމުގެ ސަބަބުން ބާސެލޯނާއަށް ވަނީ ސްޕެއިންގެ ލީގު ތާވަލުގެ އެންމެ މައްޗަށް އެރުމުގެ ފުރުސަތު ލިބިފަ އެވެ.

ރޭގެ މެޗުތަކުގައި ރެއާލް މެޑްރިޑް ވަނީ އޮސަސޫނާ އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. އަދި އެޓްލެޓިކޯ މެޑްރިޑްވެސް ވަނީ ސެލްޓާ ވީގޯއާ އެކު ކުޅުނު މެޗުގައި 1-1ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ.

ރެއާލްގެ މެޗުގައި ޖޫޑް ބެލިންހަމްއަށް ރަތް ކާޑު ދެއްކުމާ އޮސަސޫނާއަށް ޕެނަލްޓީއެއް ދިނުން ފަދަ ރެފްރީގެ ބޮޑެތި ނިންމުންތަކެއް ވަނީ ފެނިފަ އެވެ. މި ކަންކަމުގެ ސަބަބުން ރެފްރީންގެ މަސައްކަތާމެދު ފާޑުކިޔުންތައް އިތުރުވެ، ރެއާލް މެޑްރިޑްގެ ޕޮއިންޓްތައް ގެއްލުމަށް މަގުފަހިވި އެވެ.

އެޓްލެޓިކޯ މެޑްރިޑަށްވެސް ވަނީ މުހިއްމު ޕޮއިންޓްތަކެއް ގެއްލިފަ އެވެ. ސެލްޓާ ޑި ވީގޯއާ ދެކޮޅަށް ކުޅުނު ފަހުގެ މެޗުގައި ޕާބްލޯ ބާރިއޯސްއަށް ރަތް ކާޑު ދެއްކުމާ ގުޅިގެން ޑިއެގޯ ސިމިއޯނީގެ ޓީމަށް ވަނީ މެޗުގެ ބޮޑު ބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހިފަ އެވެ.

އިދިކޮޅު ޓީމުތަކަށް ދަތިތަކާ ކުރިމަތިވަމުންދާއިރު، ބާސެލޯނާ މިވަގުތު އޮތީ ވަރަށް ފޯމުގަ އެވެ. ގާތްގަނޑަކަށް ދެ މަސްކުރިން އެޓްލެޓިކޯއާ ދެކޮޅަށް ކުޅެ ބަލިވެ ޓޭބަލްގެ އެއްވަނަ ގެއްލުނު ފަހުން، އެޓީމު ވަނީ ވިދިވިދިގެން 11 މެޗުގައި ބަލިނުވެ (9 މެޗު ކާމިޔާބުކޮށް، 2 މެޗުގައި އެއްވަރުވެފަ) އެވެ.

ކުރިއަށް އޮތް މެޗުގައި ބާސާ މޮޅުވެއްޖެނަމަ އެޓީމު ތާވަލުގެ އެއްވަނައަށް ޖެހިލާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910