ލަ ލީގާގައި ރޭ ކުޅުނު މެޗުގައި ކައިލިއަން އެމްބާޕޭގެ ލަނޑަކުން ރެއާލް މެޑްރިޑް، އެޓްލެޓިކޯ މެޑްރިޑް އަތުން ބަލިނުވެ، 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
މި ނަތީޖާއާއެކު ރެއާލް މެޑްރިޑް އޮތީ ލީގުގެ އެއްވަނައިގަ އެވެ.
ފުރަތަމަ ހާފުގައި ޖުލިއަން އަލްވާރެޒް ވަނީ ޕެނަލްޓީއަކުން އެޓްލެޓިކޯ މެޑްރިޑަށް ލީޑު ހޯދައިދީފަ އެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އެމްބާޕޭ ވަނީ އޭނާގެ ފުރަތަމަ މެޑްރިޑް ޑަބީގައި ލަނޑެއް ޖަހާފަ އެވެ.
މިވަގުތު ރެއާލް މެޑްރިޑް ކުރީގައި އޮތީ ދެވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑަށްވުރެ އެއް ޕޮއިންޓް ކުރީގައެވެ. ތިންވަނައިގައި އޮތް ބާސެލޯނާއަށް މާދަމާ ސެވިއްޔާއާ ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެޓްލެޓިކޯ އަދި ރެއާލްއާ ގާތަށް އެޓީމު ޖެހިލާނެ އެވެ.
ސަންޓިއާގޯ ބަރނަބިއުގައި ބޭއްވުނު މި މެޗުގައި ފުރަތަމަ ހާފުގައި އެޓްލެޓިކޯ މެޑްރިޑް ކޮންމެވެސް ވަރަކަށް ރަނގަޅުވި ނަމަވެސް، ދެވަނަ ހާފުގައި ރިއަލް މެޑްރިޑްގެ ފިއްތުން ބޮޑުވެގެން ދިޔަ އެވެ.
ކާލޯ އެންސެލޮޓީ ވަނީ އެމްބާޕޭ، ވިނިސިއަސް ޖޫނިއަރ، ޖޫޑް ބެލިންހަމް އަދި ރޮޑްރީގޯ ގޯސް ހިމެނޭ ހަތަރު ކުޅުންތެރިންގެ އެޓޭކިން ލައިނެއް މެޗުގައި ބޭނުންކޮށްފަ އެވެ.
މެޗުގެ ހާއްސަ ވަގުތުތަކުގެ ތެރޭގައި ރޮޑްރީގޯ ވަނީ ކުރިއަށް ދަތުރުކޮށް، ބެލިންހަމްއަށް ބޯޅަ ދިނުމުން، އޭނާގެ ޝޮޓް ބްލޮކްވެ، އެމްބާޕޭއަށް ރިބައުންޑުން ލަނޑު ޖެހުމުގެ ފުރުސަތު ލިބުނެވެ.
ރިއަލް މެޑްރިޑަށް ދެން އޮތް އެންމެ ބޮޑު އިމްތިހާނަކީ އަންނަ އަންގާރަ ދުވަހު މެންޗެސްޓަ ސިޓީއާ އެކު ކުޅޭ ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފް ރައުންޑްގެ ފުރަތަމަ ލެގެވެ.