ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު އެކަނި 50 މީހުން ޕޮޒިޓިވް ވެއްޖެ

އިތުރު ތިން މީހަކު ޕޮޒިޓިވްވެ މިއަދުގެ މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 50 އަށް އަރައިފި އެވެ.

އެޗްޕީއޭއިން މިއަދު ހަވީރު ބުނީ ދެ ދިވެހިންނާ ޕާކިސްތާނު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ކުރިން 11 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ބަންގްލަދޭޝްގެ ނުވަ މީހުންނާ ދިވެއްސަކާ އިންޑިއާ މީހެކެވެ.

އޭގެ ކުރިން 36 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، ހަ ދިވެހިންނާއި އިންޑިއާ މީހެކެވެ.

އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 191 އަކަށް އަރާފައެވެ.

މިއަދަކީ ރާއްޖެއިން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ.

މާލެ ތެރެއިން ކޮވިޑް-19 ފެނި ފެތުރެމުންދާއިރު ސަރުކާރުން މިހާރު ވަނީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ. މާލޭގައި 14 ދުވަހަށް ލޮކްޑައުން އިއުލާން ކޮށްފައިވާއިރު ލޮކްޑައުން އިތުރު ކުރާނެ ކަމުގެ އިޝާރާތެއް ވެސް އިއްޔެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދެއްވާފަ އެވެ.

މާލެއިން ބޭރުން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވަނީ ހއ. އުލިގަމުންނާއި ށ. ނަރުދޫއިންނެވެ. އެ ދެ ރަށުން ޕޮޒިޓިވްވެފައިވަނީ މާލެ ލޮކްޑައުންކުރި ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން ދިޔަ ދެ މީހުންނެވެ. މީގެތެރެއިން ނަރުދޫއިން ޕޮޒިޓިވްވީ "އަމާޒު" ބޯޓުގެ ކައްޕި އެވެ. އެ ބޯޓު 13 ރަށަކަށް ދަތުރުކޮށްފައިވާއިރު 98 މީހަކު ދަތުރުކުރި އެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ފަރާތުން އަލާމާތް ވެސް ވަނީ ފެނިފަ އެވެ.

މިއީ އަތޮޅު ތެރެއަށް ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކޭސްއަކަށްވާއިރު މިހާރު އެޗްޕީއޭއިން ވަނީ ބޯޓު ދިޔަ ރަށްތައް ކަރަންޓީނުކޮށް، އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނަގާފަ އެވެ. އަދި، ބައެއް ގެތައް ވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ.