ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތާގައި ތިން މީހަކަށް ފަރުވާ ދެނީ

ދަރުމަންތަ ހޮސްޕިޓަލްގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ހާލަތު ސީރިއަސްވެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށް ދަރުމަންތަ ހޮސްޕިޓަލްގައި އައިސީޔޫއެއް ވަނީ ގާއިމްކޮށްފައެވެ. އެގޮތުން ހާލަތު ސީރިއަސްވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްގެން ހަތަރު އެނދުގެ އައިސީޔޫ ފެސިލިޓީޢެއް ގާއިމްކޮށްފައިވަނީ ދަރުމަވަންތައިގެ 11 ވަނަ ފަންގިފިލާގައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިވަގުތު ދަރުމަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ދެ ދިވެހިންނަށާއި ޕާކިސްތާން މީހަކަށް ކަމަށެވެ.

އެއީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކާއި 68 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 48 އަހަރުގެ ފިރިހެނެކެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެ މީހުންގެ ތެރެއިން ޕާކިސްތާން މީހާއަށް އޮކްސިޖަން ބޭނުންވާތީ އޮކްސިޖަން ދެމުން ގެންދާ ކަމަށެވެ. އެ މީހާއަކީ އިއްޔެ ޕޮޒިޓިވްވި މީހެކެވެ. އޭނާއަށް ބަލީގެ އަލާމަތް ހުރިކަން ފާހަގަ ކުރެވިގެން ފުރަތަމަ ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އަދި ފަހުން އޭނާ ވަނީ އައިޖީއެމް ހޮސްޕިޓަލަށްވެސް ދައްކާފައެވެ. ބައްޔަށް ޕޮޒިޓިވްވީކަން އެނގުނީ އޭގެ ފަހުންނެވެ. އެހެން ކަމުން އޭނާގެ ކޮންޓެކްޓް ރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެގައެވެ.

ޑރ. އަފްޒަލް ވިދާޅުވީ ދެ ދިވެހިންގެ ހާލަތު ގޯސް ނޫން ކަމަށެވެ.

މީގެ ކުރިންވެސް ކޮވިޑްގެ ބަލި މީހުން ދަރުމަވަންތާގައި ބައިތިއްބައިގެން ފަރުވާ ދީފައިވެއެވެ. އަދި ހާލު ބޮޑު ބައެއް ބަލި މީހުންނަށްވެސް ވަނީ ފަރުވާދީފައެވެ. މީގެ ކުރިން އެ ހޮސްޕިޓަލްގައި ކޮވިޑަށް ފަރުވާ ހޯދި އެންމެން ވަނީ ރަނގަޅުވެފައެވެ.