ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ޑީއެޗްގެ މިއަދުގެ މަރަކީ ކޮވިޑް މަރެއް ނޫން

ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި ފަރުވާ ދެނިކޮށް މިއަދު މަރުވި މީހާ މަރުވީ ކޮވިޑްގައި ނޫން ކަމަށް ކަނޑައަޅައިފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 11:49 ހާއިރު މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް 11"ގައި ފަރުވާ ދެމުން ދަނިކޮށެވެ. އެއީ ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ ތަނެކެވެ.

މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 198 ވަނަ މީހާ ކަމަށް ކަނޑައެޅުމަށް ފަހު އެޗްޕީއޭއިން ބުނީ އެއީ ކޮވިޑް މަރެއް ނޫން ކަމަށް މިހާރު ކަނޑައަޅާ ކަމަށެވެ. އެ ގޮތަށް ކަނޑައެޅީ ފަހުން ހެދި އެސެސްމަންޓްތަކަށް ފަހު ކަމަށްވެސް ބުންޏެވެ.

އެހެން ކަމުން ރާއްޖެއިން މިހާތަނަށް ކޮވިޑްގައި މަރުވީ 197 މީހެކެވެ.