ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

އަނެއްކާވެސް ކޮވިޑް މަރެއް، ރާއްޖޭގެ 99 ވަަނަ ކޮވިޑް މަރު

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިރޭ 00:14 ގައި މަރުވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 99 ވަނަ މީހާ އެވެ.

މިރޭ 10:44 ގައިވެސް މީހަކު މަރުވިއެވެ. އެއީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި 3:10 ވެސް މީހަކަށް ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވިއެވެ. އޭގެ ކުރިން ރޭ ދަންވަރު 2:38 ހާއިރު އުމުރުން 81 އަހަރުގެ ފިރިހެނެއްވެސް މަރުވިއެވެ. އަދި ފަތިހު 4:30 އެހާކަންހާއިރު އުމުރުން 30 އަހަރުގެ އަންހެނަކުވެސް ކޮވިޑް ބަލީގައި ވަނީ މަރުވެފަ އެވެ. އެ ތިން މީހުންނަކީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހުންނެވެ. އުމުރުން 30 އަހަރުގެ މީހާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި އެންމެ ހަގު މީހާ އެވެ.

މިއަދުގެ މަރުތަކާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 99 އަށް އަރާފަ އެވެ. އަދި މިއީ މި މޭ މަހުގެ 26 މަރެވެ. މި އަހަރުގެ 48 ވަނަ މަރެވެ.

ރާއްޖޭގައި ކޮވިޑް ބަލި ވަރަށް ބޮޑަށް ފެތުރި ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެ ނުރައްކަލުގަ އެވެ. މިދިޔަ 24 ގަޑިއިރު ޓެސްޓް ކުރެވުނު 2،881 ސާމްޕަލްގެ ތެރެއިން 741 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • މެއި 9 - 1091 މީހަކު ޕޮޒިޓިވް
  • މެއި 10 - 1204 މީހަކު ޕޮޒިޓިވް
  • މެއި 11 - 1501 މީހަކު ޕޮޒިޓިވް
  • މެއި 12 - 1572 މީހަކު ޕޮޒިޓިވް
  • މެއި 13 - 1216 މީހަކު ޕޮޒިޓިވް
  • މެއި 14 - 1467 މީހަކު ޕޮޒިޓިވް
  • މެއި 15 - 1007 މީހަކު ޕޮޒިޓިވް

މިވަގުތު 262 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ ވަނީ ފުރުމާ ދާދި ގާތުގަ އެވެ.