ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނިޕޭޖް

ވަޒަން ސަލާމަތް ކުރަން، އެންމެން އެކީ!

Apr 28, 2020
6

"އެންމެން އެކީ ހިނގާ، ވަތަން މި ހިމާޔަތް ކުރަން، އެންމެން އެކީ ހިނގާ، ވަޒަން މި ސަލާމަތް ކުރަން،"

ކޮވިޑް-19 އިގެ ބަލާއާފާތް މުޅި ދުނިޔެ ބަނަކޮށްފައިވާއިރު ތޫފާނުގެ ބޮޑެތި ރާޅުތައް މިހާރު ވަނީ ރާއްޖޭގެ ގޮނޑުދޮށަށް ޖަހައި އެއްގަމަށް އަރާފަ އެވެ. މާލޭގައި ގަދައަށް ކޮވިޑް-19 ބަލި ފެތެރެމުންދާއިރު އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

ބަލި މީހުންގެ އަދަދު އިތުރުވަމުން ދާއިރު މިކަމުގައި ކުރަން ޖެހޭ މަސައްކަތް ވެސް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. ސިއްހީ އެހީތެރިންނާއި ވޮލެންޓިއަރުންނާއި ސަރުކާރު މުވައްޒަފުންނާއި ސިފައިންނާއި ފުލުހުން ދަނީ ކޮންމެ ދުވަހަކު ވެސް އެތައް ބުރައެއް އުފުލަމުންނެވެ. ފްރޮންޓްލައިނުގަތި ތިބި މީހުން، އެ މީހުންގެ އާއިލާއާ ބައްދަލުނުވާތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ.

ރެއެއް ދުވާލެއް ބެލުމެއް ނެތި، ކޮރޯނާ ވައިރަހުން ރާއްޖެ ސަލާމަތް ކުރުމަށް މަސައްކަތް ކުރާ ހީވާގި ހުރިހާ ދިވެހިންނަށް މި ވަގުތު ބޭނުން ވަނީ ހަމަ އެންމެ ކަމެކެވެ. އެއްބާރުލުން ދިނުމާއި ހިތްވަރު ދިނުމެވެ. ގައުމަށްޓަކައިވާ ގުރުބާނީގެ ބަދަލުގައި އެމީހުން އެދޭ އަގަކީ އެއީ އެވެ.

މިފަދަ އެތައް ހިދުމަތްތެރިންނަށް ހިތްވަރުދީ، ރައްޔިތުން ހޭލުންތެރިކޮށް މެސެޖްތައް ފޯރުކޮށްދިނުމަށް ދިވެހި ފިލްމީ ތަރިން އެކުވެގެން ވަނީ ގައުމުވަންތަ ލަވައެއް ހުށަހަޅައި ދީފަ އެވެ.

ލަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ގެ ޅެމަކަށް މި ލަވަ ކިޔާފައިވަނީ ވެސް ތޭރަ އާއި އޭނާގެ ގާތް އެކުވެރިޔާ މުހައްމަދު ޒައިދު އަލީ (ކުޑަ އިއްބެ) އެވެ. މި ލަވައިގައި ރީތި ބަސްތަކުން ގަތާފައިވާ ހިތްވަރުގެ އެތައް މެސެޖްތަކެއް ވެއެވެ. މިއީ މި ގައުމު ސަލާމަތް ކޮށް ހިމާޔަތް ކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ލަވައިން ބާރު އަޅައި ފަވާފައިވެ އެވެ.

މި ލަވަ، މިހާރު އެތައް ބަޔަކަށް ކަމުގޮސް އަޑުއަހަމުން އަންނައިރު ލަވަ ހަދަން އިސް ނަގާފައި ވަނީ ފިލްމީ ތަރި އަޒްމީލް (އަޒޭ) އެވެ. ލަވައިގައި ގިނަ ފިލްމީ ތަރިންތަކެއް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭ މަޝްހޫރު މޫނުތަކެއް ކަމަށްވާ ޝީލާ އާއި މަނިކާއި ރިޝްމީ އާއި ރަވީ އާއި ޖުމައްޔިލާއޖ އިސްމާއިލް ވަޖީހާއޖ ނާއްކޮ އާއި ސައީދާއި އަޒީފާ އާއި ޖުމާ އާއި ޔުނާން އާއި ދޮން އައްޔަ އާއި ނުޒުހަތު ފަދަ ތަރިން ފާހަގަ ކޮށްލެވެ އެވެ.

މިއިން ކޮންމެ ތަރިއެއް ވެސް ލަވަ ޝޫޓްކޮށްފައި ވަނީ އެމީހެއްގެ ގެއެއްގައި ހުރެގެނެވެ. ގޭގައި ތިބުމަށް ވީހާވެސް ބޮޑަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ތަރިން އަމިއްލައަށް ކުރި ވީޑިއޯތައް އެއްކޮށް މި ލަވަ އެޑިޓް ކޮށްފައި ވަނީ ރަވީ އެވެ.

ލަވަ ފައިނަލް ކުރުމުގައި، އަޒޭއާއެކު ރިޝްމީ ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. މި ލަވަ ނިންމާލަނީ އަޒޭ އާއި ރިޝްމީގެ ދަރިފުޅުގެ މަންޒަރަކުންނެވެ. ހިނިތުންވުމާއެކު ޒެލް ހުންނަނީ ދިވެހި ދިދަ ހިފަހައްޓާލައިގެންނެވެ.

"އެއްބައިވަންތަ ގުޅުމެއް ދައްކަމާ، ގައުމީ ފުން ލޯތްބަކުން، އެއްބާރެއްލާ ރައްކާތެރިވަމާ، ހެދިދާނޭ ގޯހަކުން،"