ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

Apr 29, 2020
1

މުޖުތަމައުގެ ތެރޭގައި ކޮވިޑް-19 ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ނަގަމުންދާ ރެޑަމް ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްފެފައިވާ ކަން ސަރުކާރުން ހާމަކޮށްފި އެވެ.

ބަލި ފެތުރިފައިވާ މިންވަރު ބެލުމަށާއި ޕޮޒިޓިވްވެފައިވާ ކޭސްތަކާ ގުޅޭ ކްލާސްޓާތައް އިތުރަށް ހޯދުމަށް މަގުމަތިން ރެޑަމްކޮށް ސާމްޕަލް ނަގަން ފެށީ މި ހަފުތާގެ ތެރޭގަ އެވެ. އެގޮތުން މިހާތަނަށް ގިނަ ސާމްޕަލްތަކެއް މާލެ ސަރަހައްދުން ނަގާފައިވެ އެވެ.

ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވީ ރެޑަމް އެއް ސާމްޕަލް މިހާތަނަށް ޕޮޒިޓިްވްވެފައިވާ ކަމަށެވެ. އަދި ރެޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ވަރަށް ފުޅާކޮށް ކުރަމުންދާތީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 277 އަށް އަރާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 152 ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 17 މީހުނެވެ. އެ ބަލި ރާއްޖެއިން ޖެހުނު އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފަ އެވެ.