ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: ރަނގަޅުވީ މީހުންގެ އަދަދު 18 އަށް

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު 18 އަށް އެރީއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 519 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 343 ބިދޭސީންނާއި 176 ދިވެހިންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ރާއްޖެއިން ފުރައިގެންގޮސްފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވީ ދުވަހެކެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއަދުވެސް މި ބައްޔަށް 28 މީހުން ޕޮޒިޓިވްވެފައެވެ.