ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

16 މީހަކު ޕޮޒިޓިވްވެ، އަދަދު 573 އަކަށް

May 5, 2020
1

އިތުރު 16 މީހަކު މާލެ ސިޓީއިން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއަދު އަލަށް ޕޮޒިޓިވްވެފައިވަނީ ހަ ބަންގްލަދޭޝް މީހަކާއި ނުވަ ދިވެއްސަކާއި އެއް ސްރީލަންކާ މީހެކެވެ.

މިއަދު ދުވާލު ވެސް ހަ މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. އެއީ ފަސް ދިވެއްސަކާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 573 އަށް އަރާފަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެތެރެއިން ކޮވިޑް ބަލި ފެންނަން ފަށާފައި ވާއިރު މިދިޔަ ބުރާސްފަތި ދުވަހަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. އެ ދުވަހު އެކަނިވެސް 191 މީހުން ވަނީ ޕޮޒިޓިވްވެފައި ވެއެވެ.

މި ވަގުތު ކަރަންޓީންގައި ތިބީ 1759 މީހުންނެވެ. އަދި 458 މީހުން އައިސޮލޭޝަންގައި އެބަތިބި ކަމަށް އެޗްޕީއޭއިން ބުންޏެވެ. ކޮވިޑް ޖެހުނު ދެ މީހަކު ރާއްޖެއިން ވަނީ މަރުވެފަ އެވެ. އެއީ ބިދޭސީ މީހަކާއި ދުވަސްވީ ދިވެހި އަންހެނެކެވެ.