ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓީނުން ފިލި ތިން މީހަކު ހޯދައިފި

ކަރަންޓީނުން ފިލި މީހުންގެ ތެރެއިން ތިން މީހަކު ހޯދައިފި އެވެ.

ކަރަންޓުން ފިލާފައި ވަނީ ހެރެތެރެ ރިސޯޓްގައި ކަރަންޓީނު ކޮށްފައި ތިބި މީހުންގެ ތެރެއިން ފަސް ފިރިހެނެކެވެ. ފުލުހުން މިރޭ ބުނީ އެ މީހުންގެ ތެރެއިން ތިން މީހަކު ހޯދުމަށްފަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއީ މިފަދަ ގޮތަކަށް ކަރަންޓީނު ފެސިލީޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބައެއް ރިސޯޓްތައް ބަން ދުކޮށްފައި ވަނިކޮށް ރިސޯޓްތަކުން މީހުން ވަގަށް ފޭބުމުގެ ސަބަބުން ހައްޔަރު ކޮށްފައި އެބަ ހުއްޓެވެ. އަދި ވަގަށް ރަށްރަށަށް އަރަނިކޮށް ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ.

ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހަދައިގެން ވެސް މީހަކު މީގެކުރިން ހައްޔަރު ކޮށްފައިވެ އެވެ. އަދި ބައެއް މީހުން ސާމްޕަލް ދޭން ދެކޮޅު ހެދުމުން ކޯޓުން އަމުރު ނެރެން ވެސް ޖެހިފައިވެ އެވެ.