ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ބޭރަށް ނުކުމެ ކަސްރަތު ކުރުން ހުއްދަ ނޫންކަން ހަނދާންކޮށްދީފި

ބޭރަށް ނުކުމެ ކަސްރަތު ކުރުން ހުއްދަ ނޫންކަން ފުލުހުން ހަނދާން ކޮށްދީފި އެވެ.

ފުލުހުންގެ ޓްވިޓާ އެކައުންޓުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް 19 ގެ މި ހާލަތުގައި ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުމެ އުޅުން މަނާ ކުރެވިފައިވަނީ އެންމެންގެވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށާ އެހެން ކަމުން މި ހާލަތުގައި ބޭރަށް ނުކުމެ ކަސްރަތު ކުރުން ހުއްދައެއް ނޫން ކަމަށެވެ.

"މިއީ، އެންމެން އެކުގައި ކުރާ މަސައްކަތުން މި ހާލަތު ބަދަލުކޮށް އިތުރު ލުއިތަކެއް ދެވޭނެ ހާލަތަކަށް ދިއުމަށްޓަކައި އެޗްޕީގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު،" ފުލުހުންގެ ޓްވީޓްގައި ބުނެފައިވެއެވެ.

ބޭރަށް ނުކުމެ ކަސްރަތު ކުރުން ހުއްދަ ނޫންކަން ފުލުހުން ހަނދާން ކޮށްދީފައި މިވަނީ ޑޮކްޓަރުންގެ އިރުޝާދަށް ކަސްރަތު ކުރަންޖެހޭ މީހުންނަށް ހުއްދަ ދޫކުރާނެ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ. އެ ބުނުމާއެކު ވަރަށް ގިނަ ބަޔަކު އެކަމަށް އެދުނެވެ. ނަމަވެސް އެ ހުއްދަ ދޫނުކުުރުމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.