ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނުކުންނަން ގެއަކަށް ދެ ފާސް

ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުންނަން ފާހެއް ބޭނުންވާ ގޮތަށް ހަމަޖައްސާ އެ ފާހަށް އެދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ފާސް ދޫކުރާނީ ދެ ވަގުތަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އަށް އަދި މެންދުރު 12 އިން ހަވީރު 4 އަށެވެ. މި ފާސްނުލާ ބޭރުގައި އުޅުން މަނާވާނެ އެވެ.

ފުލުހުން ބުނީ ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާ އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. ފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބީސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ކާފިއު ވަގުތު އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ފާސް ދޫކުރާނީ ގޭބީސީގައި ހިމެނޭ ކޮންމެ މީޓަރަކަށް ދެ ފާހުގެ މަގުންނެވެ. ފާހަށް އެދުމަށް ކަރަންޓް މީޓަރުގެ ނަންބަރު ހުށައަޅަން ޖެހޭނެ އެވެ. ފުލުހުން ބުނީ ގެތަކަށް ދޫކުރާ ފާސްތަކަށް އެދުމުގެ ފުުރުސަތު މިރޭ އަށެއް ޖަހާއިރުން ފެށިގެން ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. މެއި 26 އިން ފެށިގެން ދެ ހަފްތާގެ ނިޔަލަށް ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރުގައި އުޅެވޭނީ އެ ފާސް ހިފައިގެންނެވެ.

އަދި އެކަމާ ގުޅޭ އިތުރު މަައުލޫމާތު 1665 ނަންބަރާ ގުޅުމުން ލިބޭނެ ކަމަށްވެސް ބުންޏެވެ.

މާލެ ސަރަހައްދުގައި ކާފިއު ހިންގާނީ ހަވީރު ހަތަރަކުން ހެނދުނު 8 ޖަހަންދެނެވެ. މި ވަގުތުތަކުގައި އެއްވެސް ގޮތަކަށް ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. ފުލުހުން ބުނީ އިމާޖަންސީ ބޭނުމަކަށް ނޫނީ ކާފިއު ވަގުތު ބޭރުގައި އުޅޭ މީހުން ހުއްޓުވާ ސުވާލުކުރާނެ ކަމަށެވެ. އަދި ޖޫރިމަނާ ކުރަމުން ގެންދާނެ ކަމަށެވެ.