ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި މާބަނޑު މީހާ ޓްރީޓޮޕަށް ބަދަލުކޮށްފި

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނޭ މި އަންހެން މީހާއަކީ ވިހަން ވެގެން މީގެ ދެ ދުވަސް ކުރިން ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހެކެވެ. އޭނާގެ ސާމްޕަލް ނަގާ ޓެސްޓް ކޮށްފައި ވަނީ މިއަދު އެވެ.

ކުރިން ސަރުކާރުން ހަމަޖައްސާފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރާ ކޮންމެ މީހަކު ވެސް ސާމްޕަލް ނަގާ ޓެސްޓް ކުރުމަށެވެ. ނަމަވެސް މި ފަހަރު ޓެސްޓް ކުރުން ފަސްވީ ކީއްވެެގެން ކަމެއް އެންއީއޯސީއަކުން ނުބުނެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ މާބަނޑު މީހާ ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ މީހާ ޓްރީޓޮޕަށް ބަދަލުކޮށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮވިޑް-19 ގެ ފަރުވާދޭ ސެންޓަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް ނިންމާ އެ ތަނަށް ބަލި މީހުން ދަނީ ބަދަލު ކުރަމުންނެވެ.

މިވަގުތު ކޮވިޑްގެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެކަމަށް ހާއްސަކޮށްފައިވާ ސެންޓަރުގަ އެވެ. އެތަނުގައި އައިސީޔޫ ބެޑްތަކެއް ވެސް ގާއިމްކޮށްފައި ވެއެވެ. މިވަގުތު ވެސް އެތަނުގައި ފަސް މީހަކަށް ފަރުވާ ދެއެވެ.