ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގއ. މާމެންދޫ

މާމެންދޫ ކޭސް: 13 މީހަކު އެކަހެރިކޮށްފި

ގއ. މާމެންދޫއިން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ފުރަތަމަ ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި 13 މީހަކު އެކަހެރިކޮށްފި އެވެ.

މާމެންދޫއިން ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ ބުރާސްފަތި ދުވަހު އެވެ. އޭގެ ފަހުން އިތުރު ދެ މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންނަކީ ފުރަތަމަ ޕޮޒިޓިވްވި މީހާއާއެކު ހޯމް ކަރަންޓީންގައި ތިބި ދެ މީހުންނެވެ. މާމެންދޫއިން މި ބައްޔަށް ޕޮޒިޓިވް ތިން މީހުންނަކީވެސް މިމަހުގެ 13 ވަނަ ދުވަހު މާލެއިން އެރަށަށް އައި އެއްބަނޑު އެއްބަފާ ތިން ބެއިންނެވެ.

އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މާމެންދޫގެ ފުރަތަމަ ކޭސްއާއި ގުޅިގެން 13 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަދު ޕޮޒިޓިވްވި ދެ މީހުންނާއި، ގެމަނަފުށީ ފަސް މީހެއްގެ އިތުރުން މާލެއިން ފަސް މީހެކެވެ. ގެމަނަފުށީ މީހުންނަކީ މާމެންދޫ ޕޮޒިޓިވްވި މީހާއާއެކު ފްލައިޓްގައި ދަތުރުކުރި ބައެކެވެ.

މާލެއިން އެކަހެރިކުރި މީހުންގެ ތެރޭގައި އެއާޕޯޓްގެ ސްޓާފުންނާއި، ޕޮޒިޓިވްވި މީހާއާއި ކްލާސްކޮންޓެކްޓުން ހިމެނެއެވެ.

މިމަހުގެ 18 ވަނަ ދުވަހު މާމެންދޫއިން ޕޮޒިޓިވް ވި މީހާއާއި 40 މީހަކު ފްލައިޓްގައި ދަތުރުކުރި ކަމަށް އެންއީއޯސީން ބުންޏެވެ.