ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގއ. މާމެންދޫ

މާމެންދޫ މީހާއާއެކު 40 މީހުން ދަތުރުކުރި

ގއ. މާމެންދޫއަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެމީހާއާއެކު 40 މީހުން ދަތުރުކޮށްފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މިމަހުގެ 13 ވަނަ ދުވަހު މާމެންދޫއަށްް ހޯމް ކަރަންްޓީނަށްްް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިރެއެވެ. މާމެންދޫ އިން ޕޮޒިޓިވް ވެފައިވަނީ އުުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ އަށް ބަލި ޖެހުނުކަން އެނގުނީ މި ބަލީގެ އަލާމާތް ފެނި ޓެސްޓް ކުރުމުންނެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް ވިދާޅުވީ ޕޮޒިޓިވްވި މާމެންދޫ މީހާ އެ ރަށައް ދިޔައީ ފްލައިޓްގައި ކޫއްޑު އަށް ދަތުރު ކުރުމަށްފަހު ކަމަށެވެ. އެ ދަތުރުގައި 40 މީހުން ބައިވެރި ކަމަށާ އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ގެނަމަފުށީ މީހުންނެވެ. ދެން ތިބީ ޕޮޒިޓިވްވީ މީހާގެ އާއިލީ ދެ މީހެކެވެ.

މަބުރޫކް ވިދާޅުވީ އެކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މާމެންދޫއާއި ގެމަނަފުށީގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ލުމާމެދު ގޮތް ނިންމާނެ ކަމަށެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅުު ކައުންސިލް ރައީސްް އަހުމަދު ފުއާދު ވިދާޅުވީ ޕޮޒިޓިވް ވި މީހާ ކަރަންޓީނުގައި ހުރީ އިތުރު އެހެން ބަޔަކާ އެކުގައި ކަމަށާއި ނަމަވެސް އެމީހުން މިވަގުތު ޓެސްޓް ނުކުރާ ކަމަށެވެ.