ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

20،000 ވުރެ ގިނަ ކިޓްސް އަދިވެސް އެބަހުރި: މަބުރޫކް

ކޮވިޑަށް ޓެސްޓް ކުރުމަށް ބޭނުންކުރާ 20،000 ވުރެ ގިނަ ކިޓްސް އަދިވެސް ސްޓޮކްގައި އެބަހުރިކަމަށް އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ޓެސްޓް ކިޓްތައް ވަރަށް ގިނަ އަދަދަކަށް ގައުމުތަކުން ވަނީ ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ޑަބްލިއުއެޗްއޯއިން ހަދިޔާކުރި ޓެސްޓް ކިޓްތައްވެސް ހިމެނެއެވެ.

އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިވަގުތުވެސް ވިހިހާހަށްވުރެ ގިނަ ޓެސްޓް ކިޓް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޗައިނާއިން ހަދިޔާކުރި ޓެސްޓް ކިޓްތަކުގެ ތެރެއިން 7،200 ކިޓް އަދިވެސް ސްޓޮކްގައި އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި އިތުރު ދެ ބްރޭންޑެއްގެ ސީޕީއާރު ކިޓް އެބަހުރި ކަމަށް މަބުރޫކް ވިދާޅުވިއެވެ.

އެގޮތުން އީޖީއެން ބްރޭންޑްގެ 5،000 ކިޓާއި، މިރެކްސް ފޯޓިޓިއުޓް ޕީސީއާރު ކިޓްގެ 13،600 ކިޓް ސްޓޮކްގައި އެބަހުރި ކަމަށް ވިދާޅުވިއެވެ.

"ވިހިހާހަށްވުރެ ގިނަ ޓެސްޓް ހެދޭނެ ވަރަކަށް ޕީސީއާރު ޓެސްޓް ހެދޭވަރަށް ކިޓް އެބަހުރި އިނގޭތޯ މިވަގުތުވެސް ސްޓޮކްގައި."

ރާއްޖެއިން ކޮވިޑްގެ ބަލި މީހެއް ފެނުތާ 100 ދުވަސްވެފައިވާއިރު މިހާތަނަށް މުޅި ރާއްޖެއިން ކޮވިޑަށް ޓެސްޓް ކުރެވިފައިވަނީ 38،623 މީހުންނެވެ. އާންމުކޮށް ދުވާލަކު ކުރެވެނީ 600 އާއި 800 ދެމެދުގެ އަދަދެއްގެ ޓެސްޓެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓް ކުރަނީ އައިޖީއެމް ހޮސްޕިޓަލުންނާއި، އޭޑީކޭގެ އިތުރުން ޕޮޮލިސް ލެބުންނެވެ.