ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 27 ޕަސެންޓް މީހުން ރަނގަޅުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 453 މީހަކު ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 453 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 52 މީހެކެވެ.

ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު ވަނީ 1773 އަށް އަރާފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 101 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ދުވަހެވެ.

މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 1313 މީހުންނަށެވެ. އޭގެ ތެރެއިން 13 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. އައިސީޔޫގައި ފަރުވާ ދޭ މީހުންގެ ހާލުވެސް އެހާ ގޯސް ނޫން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މި ބަލީގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުނުތާ މިއަދަށް 85 ދުވަސްވެފައިވާއިރު ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިތަކެއް ވަނީ ދީފައެވެ.