ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

56 މީހުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވެއްޖެ

ބަލިމީހަކު މާލެގެނައި ސީއެމްބިއުލާސްއެއްގައި ސިއްހީ އޮފިޝަލަކު މަޑުކޮށްލައިގެން: މިއަދުވެސް 56 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
33.3%
0%
66.7%

ކޮވިޑް-19 އަށް މިއަދުވެސް ރާއްޖެއިން 56 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި 56 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 29 ބިދޭސީންނެވެ. މި މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކާއި ގުޅުމެއްނެތް ފަސް މީހުން ހިމެނެއެވެ. މަބުރޫކް ވިދާޅުވީ މިއަދު ޕޮޒިޓިވްވި 27 ދިވެހިންގެ ތެރެއިން 26 މީހުންނަކީ ކުރީގެ ކްލަސްޓާތަކާއި ގުޅުން އޮތް މީހުން ކަމަށެވެ. ނަމަވެސް އެކަކު އެއްވެސް ކަލަސްޓާއަކާއި ގުޅުމެއް ނެތް ކަމަށެވެ. 29 ބިދޭސީންގެ ތެރެއިން ހަތަރު މީހަކުވެސް ކުރީގެ ކްލަސްޓާއަކާއި ގުޅުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މީހަކު މިއަދު ވަނީ މަރުވެފައެވެ. މިއަދު މަރުވެފަައިވަނީ ބަންގްލަދޭޝް މީހެއް ކަމަށެވެ. އެއީ އުމުރުން 54 އަހަރުގެ މީހެކެވެ. ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އެމީހާ މަރުވީ މެންދުރު 14:30 އެހާކަންހާއިރު އެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ހަވަނަ މީހާއެވެ. ރާއްޖެއިން ކޮވިޑްގަައި މަރުވެފައިވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345