ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

އައިޖީއެމްއެޗްގައި ކޮވިޑަށް ޓެސްޓްކުރާ މެޝިނެއް ހަލާކުވެެއްޖެ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް -
0%
0%
100%

ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އައިޖީއެމް ހޮސްޕިޓަލްގައި ހުރި ދެ މެޝިންގެ ތެރެއިން މެޝިނެއް ހަލާކުވެފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރެވޭ ދެ މެޝިނެއް އައިޖީއެމް ހޮސްޕިޓަލްގައި ހުރި ކަމަށާ ނަމަވެސް މިވަގުތު އެއް މެޝިން ހަލާކުވެފައިވާ ކަމަށެވެ. މީގެ ކުރިން ކޮންމެ ދުވަހަކު 700 ސާމްޕަލް ޓެސްޓް ކުރުމުގެ ގާބިލްކަން އެ ހޮސްޕިޓަލުގައި ހުރިނަމަވެސް މިހާރު އެ އަދަދު ވަނީ 450-500 އާ ދެމެދަށް ދަށްވެފައި ކަމަށް މަބުރޫކް ވިދާޅުވިއެވެ.

"މެޝިން ރަނގަޅު ކުރުމަށް ބޭނުންވާ ބައިތައް އޯޑަރުކުރުމުގެ މަސައްކަތް އައިޖީއެމްއެޗުން ދަނީ ކުރަމުން،" މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ އެއް މެޝިން ހަލާކުވިނަމަވެސް މިހާތަނަށް ކޮންމެ ދުވަހަކު ޓެސްޓް ކުރަމުން އަންނަ މިންވަރަށް ޓެސްޓް ކުރެވޭނެ ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލްގެ އިތުރުން ކޮވިޑަށް ޓެސްޓް ކުރެވެނީ އޭޑީކޭ ހޮސްޕިޓަލާއި ފުލުހުންގެ ލެބުންނެވެ. ފުލުހުންގެ ލެބުން 145 ސާމްޕަލް ޓެސްޓް ކުރެވެއެވެ.

އޭޑީކޭގައި ދުވާލަކު 500 ސާމްޕަލް ޓެސްޓް ކުރެވެއެވެ. ނަމަވެސް މިހާތަނަށް އެ އަދަދަށް އެެއްވެސް ދުވަހަކު އެ ހޮސްޕިޓަލުން ޓެސްޓް ކޮށްފައެއް ނުވެއެވެ. ރާއްޖޭގައި އެންމެ ގިނައިންވެސް ދުވާލަކު ޓެސްޓް ކުރަނީ 800-900 އާއި ދެމެދުއެވެ. ނަަމަވެސް އައިޖީއެމް ހޮސްޕިޓަލްގައި ބޭނުންކުރާ އެެް މެޝިން ހަލާކުވުމުން އޭޑީކޭއިން ޓެސްޓް ކުރާ މިންވަރު އިތުރުކުރާނެ ކަމަށް ބެލެވެއެވެ.

އޭޑީކޭއިން ޓެސްޓެއް ކޮށްދެނީ 675 ރުފިޔާއަށް ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.

މަބުރޫކް ވިދާޅުވީ އައިޖީއެމް ހޮސްޕިޓަލުން ޓެސްޓް ކުރުމަށް އެއްވެސް ފީއެއް ނުނަގާ ކަމަށެވެ. އޭޑީކޭއިން ކުރާ ޓެސްޓްތަކަށް ބިލް ކުރަނީ އައިޖީއެމް ހޮސްޕިޓަލަށް ކަމަށްވެސް ވިދާޅުވިއެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޕިކްސް

އޭޑީކޭގަ ޓެސްޓްކުރަން ފަށާއިރަށް ސަރުކާރު މައި ހޮސްޕިޓަލްގެ މެޝިންހަލީކުވީ.

އަސްލު ހަގީގަތް

އަހަންނަށް ހީވަނީ ލޯޑު ބޮޑުވެގެން ކުރިން އިން މެޝިން ހަލާކުވީހެން. ފަހުން ގެނައި އެތި ސަލާމަތުން އިންކަންވެސް ނަޞީބު. ކުރީގެ މެޝިނުން 20000 ވަރަކަށް ޓެސްޓް ކުރެވިފައި ހުންނާނީ.

އިއްތިފާގު

އޭޑީކޭ ގަ އެމްއާރުއައި ބެހެއްޓީ، އައިޖީއެމްއެޗް އެމްއާރުއައިގެ މައްސަލަޖެހުނީ. އޭޑީކޭގަ އެކޯޓްރެޑްމިލް ބެހެއްޓީ، އައިޖީއެމްއެޗް އެއްޗަށް ކުޑަކަމެއް ދިމާވީ. ދެން މިހާރު އޭޑީކޭގަ ކޮވިޑު ޓެސްޓު ހެދެން ފެށުނީ އައިޖީއެމްއެޗްގެ އެއް މެސެނު ހަލާކުވީ. އަޖައިބު އިއްތިފާގު.

މަންފ

ތިޔައީ ހާސްވާވަރުގެކަމަކަށް ނުހަދާ އަވަހަށް އިތުރ 24 މެޝިނާއިއެކު ޖުމްލަ 25 މެޝިނުގެންނަގޮތަށް އެމަރޖެންސީޙާލަތުގައި ބިޑަކަށްނުގެންގޮސް ގެނެސް ގުދަނުގަބަހައްޓާލާ. ކޮންމެހެން އަތޮޅުތެރެއަށް ފޮނުވާކަށްހަދާނެކަމެއްނެތް. އޭރުން ހުރިހާބޭނުމެއްފުދުނީ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345