ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ކްލަސްޓާއަކާ ގުޅުމެއްނެތް 87 މީހެއް

ޑިސްއިންފެކްޓްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް-- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ)
0%
50%
50%

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކާ ގުޅުމެއްނެތް 87 މީހަކު ފާހަގަކުރެވިފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންނާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ. އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 1177 މީހުންނަކީ އެކި ކްލަސްޓާތަކާއި ގުޅުންހުރި މީހުން ކަމަށެވެ.

ނަމަވެސް 81 މީހަކީ އެއްވެސް ކްލަސްޓާއަކާއި ގުޅުން ނެތް އިންޑިޕެންޑެންޓް ކްލަސްޓާތަކެއް ކަމަށެވެ. މަބުރޫކް ވިދާޅުވީ އެ މީހުންނަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވީ އަދަދު ވަނީ 1672 އަށް އަރާފައެވެ. އެ މީހުންގެ ތެރެއިން 401 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ފަސް މީހަކު ވަނީ މަރުވެފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 1264 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކަށް ޓްރީޓޮޕްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އެ މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސިނިން

ސާބަހޭ ސާބަހޭ ނާގާބިލް ސަރުކާރުގެ މަކަރުވެރި ރޭވުން ވަރަށް ކާމިޔާބު ވާހެންހީވޭ

ކަރީމްބޭ

ކްލަސްޓާ އަކާ ގުޅުން ހުންނާނެ.ތިބޭފުޅުންނަށް ނުހޯދުނީ. ވައިރަސް އަކީ ގޭތެރެއިން އުފެދޭ އެއްޗެއް ނޫން.

ބޯނެތްބެ

ބަލި ޖެހުނު މީހާއަށް ބުނެދޭން ނޭގޭ އެއްޗެއް ސަރުކާރުން ކިހިނެއް ހޯދަނީ؟ ކޮންމެ މީހެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެންތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345