ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޓެސްޓް ކުރުން މަދެއް ނޫން، ޕޮޒިޓިވުން މަދީ؛ އެންއީއޯސީ

ފިހާރައެއްގައި މަސައްކަތް ކުރާ މީހެއްގެ ރެންޑަމް ސާމްޕަލްއެއް ނަގަނީ: ސާމްޕަލް ނަގާ އަދަދު މަދެއް ނުކުރޭ -- އަހުމަދު އަޝްހާދު | އަވަސް
100%
0%
0%

ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަ ނިސްބަތް މަދުވެފައި ވަނީ ޓެސްޓް ކުރާ މިންވަރު މަދުވެގެން ނޫން ކަމަށް އެންއީއޯސީން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ކުރަން ޓެސްޓް ކުރާ މިންވަރު ދަށްކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތެެއް ނޫން ކަމަށެވެ.

އަދި ވިދާޅުވީ މިހާރުގެ ހާލަތަކީ ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް ކުރިއަށްވުރެ މަދުވެފައިވުން ކަމަށާ ނަމަވެސް އެންއީއޯސީ އޮތީ ކަންކަން ފަސޭހަކޮށްލައި ބަލި ފިލާ ދިޔައީ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ސާމްޕަލެއް ނަގާ ކަމަށެވެ. އައިޖީއެމްއެޗާއި އޭޑީކޭ އަދި ފުލުހުންގެ ލެބްގައި އެ ސާމްޕަލްތައް ޓެސްޓް ކުރާ ކަމަށެވެ.

އަށް ދުވަހު ނެގުނު ސާމްޕަލާއި ޕޮޒިޓިވް ކޭސްތައް

  • 30 މެއި 653 ސާމްޕަލް ނެގުނު، 81 ޕޮޒިޓިވްވް
  • 31 މެއި 557 ސާމްޕަލް ނެގުނު، 101 ޕޮޒިޓިވްވް
  • 1 ޖޫން 835 ސާމްޕަލް ނެގުނު، 56 ޕޮޒިޓިވްވް
  • 2 ޖޫން 704 ސާމްޕަލް ނެގުނު، 12 ޕޮޒިޓިވްވް
  • 3 ޖޫން 618 ސާމްޕަލް ނެގުނު، 09 ޕޮޒިޓިވްވް
  • 4 ޖޫން 685 ސާމްޕަލް ނެގުނު، 22 ޕޮޒިޓިވްވް
  • 5 ޖޫން 957 ސާމްޕަލް ނެގުނު، 11 ޕޮޒިޓިވްވް
  • 6 ޖޫން 725 ސާމްޕަލް ނެގުނު، 18 ޕޮޒިޓިވްވް

މަބުރޫކް ވިދާޅުވީ ލޮންޑައުންއަށް ދީފައިވާ ލުއިތަކާއެކު މިހާރު މުޖްތަމައުގައި ބަލީގެ ހާލަތު ދެނެގަތުމަށް ވެސް ގިނަ ޓެސްޓްތަކެއް ހެދުން މުހިންމު ކަމަށެވެ. އެހެން ކަމުން ކޮންމެ ދުވަހަކު ވެސް ޓެސްޓް ކުރާ މިންވަރު އެއްވަރެއްގައި ނުވަތަ އެއަށްވުރެ އިތުރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345