ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

143 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Nov 2, 2021

ނުރައްކާތެރި ކޮވިޑް ބައްޔަށް ރާއްޖެއިން މިއަދު 143 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު 88،058 އަށް ވަނީ އުފުލިފަ އެވެ.

އެޗްޕީއޭއިން ކޮވިޑް ނަމްވަރުތައް މިރޭ ދިނީ މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކަށް ބަލައިގެނެވެ. އެ ނަމްބަރުތަކާ ހަވަލާދޭއިރު ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 23 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަދި މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 117 މީހުނަކީ މީހުން އެހެން ރަށްރަށުން ބައްޔަށް ޕޮޒިޓިވްވި މީހުނެވެ. ރިސޯޓްތަކުން ވެސް ތިން މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.

މިއަދާ ހަމައަށް 243 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.