ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭ ބަންދުގެ ލިސްޓަށް ނުވަ ރަށެއް އިތުރުކޮށްފި

ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭ އިން ބަންދު ކޮށްފައިވާ ރަށްތަކުގެ ލިސްޓަށް މިއަދު ނުވަ ރަށެއް އިތުރުކޮށްފި އެވެ.

އެޗްޕީއޭއިން ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު މި ފަހަކަށް އައިސް ދަށްވުމަށް ފަހު އަނެއްކާ ވެސް ވަނީ އިތުރުވާން ފަށާފަ އެވެ.

އެޗްޕީއޭއިް މިއަދު ބަންދުކުރި ނުވަ ރަށަކީ ބ. އޭދަފުށި، ހދ. ހަނިމާދޫ، ބ. ދޮންފަނު، ނ. ލަންދޫ، ނ. މިލަދޫ، ޅ.ހިންނަވަރު، ތ.ވިލުފުށި، ތ.ހިރިލަންދޫގެ އިތުރުން ގދ. ރަތަފަންދޫ އެވެ. މިއާއި އެކު ބަންދުގެ ލިސްޓުގައިވާ ރަށްތަކުގެ އަދަދު ވަނީ 21 އަށް އިތުރުވެފަ އެވެ.

އެންމެ ގިނަ ދުވަހު ބަންދު ކޮށްފައި އޮތް ރަށްރަށުގެ ގޮތުގައި އަދި ވެސް އޮތީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހު ބަންދުކުރި ސ. ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން ސެޕްޓެމްބަރު މަހު ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ އެކަކަށް ދަށްވެފަ އެވެ. އެ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ އެވެ.

އެޗްޕީއޭއިން ވަނީ އޮކްޓޫބަރު މަހު ދެ ރަށެއް މޮނިޓަރިންގެ ލިސްޓަށް އިތުރު ކޮށްފަ އެވެ. އެއީ މ. މުލަކާއި ނ. މިލަދޫ އެވެ. އަދި ނޮވެމްބަރު މަހު އެޗްޕީއޭއިން ބަންދުކޮށްފައިވަނީ ދެ ރަށެކެވެ. އެއީ ނ. ވެލިދޫ އާއި އދ. މަހިބަދޫ އެވެ.

މިއަދު ބަންދު ކުރި ނުވަ ރަށުގެ އިތުރުން މި މަހު އެޗްޕީއޭއިން ތިން ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އެއީ ދ. ކުޑަހުވަދު އާއި އދ. މާމިނގިލި އަދި މިއަދު ބަންދުކުރި ނ. މާފަރެވެ.

ރާއްޖެއިން އިއްޔެ 218 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެތެރެއިން މާލެ ސަރަހައްދު ފިޔަވައި އަތޮޅުތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 188 އެވެ.