ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. ނަޒްލާ ރަފީގް

ބައެއް ރަށްރަށުގައި އެއްގޮތަަކަށް ވެސް މާސްކު ނާޅާ

ބައެއް ރަށްރަށުގައި އެއްގޮތަށް ވެސް މާސްކު ނާޅާ ކަަމަށް ކޮވިޑްގެ ހާލަތު މެނޭޖުކުރަން އުފައްދާފައިވާ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވި އެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާރަކަށް އައިސް ގެސްޓު ހައުސްވެސް ހުންނަ ރަށްރަށް ހިމެނޭހެން ބައެއް ރަށްރަށުގައި މާސްކު އެޅުން ދަށް ވެފައިވާ ކަމަށާއި އަދި ބައެއް ރަށްތަކުގައި އެއްގޮތަކަށް ވެސް މާސްކު ނާޅާކަން ފާހަގަވެފައިވާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައްޔެއް އުޅޭކަން އެނގެނީ ބަލި ފެތުރިގެން ދިއުމުން ކަމަށާއި އެހެން ނަމަވެސް އެންމެން ގިނައިން މާސްކު އަޅާކަމުގައިވާ ނަމަ ނޭނގި ބަލި ފެތުރޭ މިންވަރުުވެސް މަދުކުރެވޭނެ ކަމަށެވެ.

"އެންމެ ފަސޭހައިން ކުރެވޭ ރަނގަޅު އެއް ކަންތައް މާސްކު އެޅުމަކީ. އަޅާއިރުގައި ވެސް ރަަނގަޅު މާސްކު އެޅުން އަދި ރަަނގަޅަށް މާސްކު އެޅުން. ސާޖިކަލް މާސްކު ނޫނީ ފޮތި މާސްކު އެޅި ކަމުގައި ވިޔަސް މަދުވެގެން ތިން ލޭޔާ ހުންނަ މާސްކު އެޅުން. އަދި ރަނގަޅަށް އެއްކޮށް ނޭފަތް ނިވާވާ ވަރަށް މާސްކު އެޅުން. އެގޮތަށް ނޫން ގޮތަށް މާސްކު އަޅައިފިއްޔާ މާސްކުގެ ބޭނުން ރަަނގަޅަކަށް ނުހިފޭނެ." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑްގެ އާ ވެރިއަންޓްތައް ފެންނަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން މާސްކު އެޅުމަށް ޑރ. ނަޒްލާ މިއަދު އިލްތިމާސްކުރެއްވި އެވެ.