ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑރ. ނަޒްލާ ރަފީގް

އާ ވޭރިއަންޓް ނުހުއްޓުވޭނެ، ފެތުރުން ލަސްކުރެވިދާނެ: ނަޒްލާ

ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" ރާއްޖެ އައުން ނުހުއްޓުވާނެ ކަމަށާއި ހަމައެކަނި ކުރެވޭނީ ވޭރިއަންޓް ފެތުރުން ލަސްކުރުން ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ނަޒްލާ މިހެން ވިދާޅުވީ އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

ނަޒްލާ ވިދާޅުވީ އާ ވޭރިއަންޓް ފެނުނު އެފްރިކާގެ ދެކުނުގެ ސަރަަހައްދުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ދަތުުރުކުރުން މަނާކުރި ނަމަވެސް އެ ވޭރިއަންޓް އައުން ނުހުއްޓުވޭނެ ކަމަށާއި ނަމަވެސް ރާއްޖެއަށް ފެތުރުން ލަސްކުރެވިދާނެ ކަަމަށެވެ.
އެއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ވެސް އެހެން ގައުމުތަކުން ވެސް އާ ވޭރިއަންޓް ފެންނަމުންދާތީއާ އެކު ކަމަށެވެ.

"އެއް ގައުމުގަ މިހާރު އެއްވެސް ޓްރެވަލް ހިސްޓްރީ ނެތް ދެ މީހެއްގެ ވެސް ވޭރިއަންޓް ހުރިކަމަށް ޝައްކުކުރެވިގެން އެބަ ޓެސްޓްކުރަމުން ދޭ. އެހެންވީމާ ޑެލްޓާގައި ވެސް ފާހަގަ ކުރެވުނު އެއް ގައުމުން ފެނުމަށް ފަހު ވަރަށް ބައިވަރު ގައުމުތަަކަށް ފެތުރިގެން ދިޔަ ކޭސްތައް. އެހެންވީމާ ބޯޑަރު މި ގޮތަށް ނަގާ މެޝާޒްތަކުން ވެސް އަޅުގަނޑުމެންނަށް ޑިލޭ ކުރެވޭނީ ވައިރަސްގެ ވޭރިއަންޓް އައުން. އެއްކޮށެއް ނުއެއް ހުއްޓުވޭނެ." ނަޒްލާ ވިދާޅުވި އެވެ.

ވޭރިއަަންޓް ފެތުރުން ކުޑަކުރުމުގެ ގޮތުން ރާއްޖެ އަންނަ ފަތުރުވެރިން ޕީސީއާރު ޓެސްޓުތައް ހަދާފައި ހުރިތޯ ބަލައި ވެކްސިން ފުރިހަމަކޮށްފައިވާ މިންވަރު ބެލުން އިތުރަށް ހަރުދަނާކުރާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. ހަމަ އެހެންމެ ރާއްޖެ އައުން މަނާކުރި ގައުމުތަކަށް ފާއިތުވި 14 ދުވަސްތެރޭ ދަތުރުކުރި ފަރާތްތައް ޓެސްޓްކުރަން ނިންމާފައިވާ ކަމަށެވެ.

ނަޒްލާ މައުލޫމާތު ދެއްވި ގޮތުގައި އަލަށް ފެނުނު ވޭރިއަޓްއަކީ އެންމެ ގިނަ މިއުޓޭޝަންސްތައް ހުރި ވޭރިއަންޓެވެ. އެހެންކަމުން ބަލި ޖައްސަާ މިންވަރު އެންމެ ފަހުން ބޮޑަށް ފެތުރުން ޑެލްޓާ ވޭރިއަންޓްއަށް އިތުރުވެގެންދާނެ ކަމަށް މިހާރު ބެލެވިފައިވާ ކަަމަށެވެ. އަދި ބަލި ޖެހިފައި ތިބި މީހުންނަށް ވެސް އަލުން ބެލި ޖެހުމުގެ ފުރުސަތު ބޮޑު ވޭރިއަންޓެއް ކަމަށެވެ.

ނަަމަވެސް އެ ވޭރިއަންޓް ވެކްސިނަށް ގުޑާވަރާއި އަދި ފެތުރޭ މިންވަރު އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.