ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްކޫލް

ސްކޫލުތައް ބަންދުކުރާނީ ކޭސްތައް އިތުރުވާވަރަށް ބަލާފައި: ޑރ. ނަޒްލާ

ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ހުން ހުރިތޯ ބަލަނީ: ސްކޫލުތައް ބަންދުކުރާނީ ކޭސްތައް އިތުރުވާވަރަށް ބަލާފައިކަމަށް ޑރ. ނަަޒްލާ ވިދާޅުވި
0%
0%
0%

ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުވިޔަސް ސްކޫލުތައް ބަންދު ކުރާނީ އަދިވެސް ކޭސްތައް އިތުރުވާ މިންވަރު ބެލުމަށްފަހު ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ނަޒްލާ މިހެން ވިދާޅުވީ ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިއްޔެ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

ނަޒްލާ ވިދާޅުވީ ސްކޫލުތައް ބަންދުކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި މިހާރު ކޮވިޑްގެ ކޭސްތައް ފެންނަމުންދާލެއް އިތުރުވުމުންދާތީ ކޮންމެ ދުވަހަކު ވެސް ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ އަމާޒަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާ ގޮތަށް ފިޔަވަޅުތައް ބައްޓަންކުރުން ކަމަށާއި ނަމަވެސް މިދިއަ ދެ ދުވަހު ކޭސްތައް ވަރަަށް ބޮޑަށް އިތުރުވި ކަމަށެވެ.

"އެހެންވީމާ ކުރިއަށް އޮތް ދެތިން ދުވަހުގެ ހާލަތަށްވެސް ބަލާފައި އިތުރު ޑެޒިޝަންއެއް [ނިންމުމެއް] ނަގަންޏާމު އެޑިއުކޭޝަންގެ ލަފަޔާއެކު ނަގާނީ. މިވަގުތު ދަތި ދަންނަވަން ވަކި ގޮތަކަށްކަން ކުރިއަށް ދާނީ. މިހާ އަވަސްއަވަސް ކޮށް ހާލަތު ބަދަލުވަންޏާ ކަންތައްތައްވެސް ޗޭންޖުވަމުން އަންނަލެއް އަވަސްވާނެ" ނަޒްލާ ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910