ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އެންމެނަށް ބޫސްޓާ ޑޯޒް މިމަހު ފަށަނީ

ކޮވިޑް ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ: ބޫސްޓާ ޑޯޒް މިމަހުގެ މެދުތެރޭގައި ޖަހަން ފަށަން ވަނީ ނިންމައިފައި -- ފޮޓޯ: އަވަސް
0%
0%
100%

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް މުޅި އާބާދީއަށް ޖެހުމުގެ މަސައްކަތް މި މަހު ފަށަން ނިންމައިފި އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ވަނީ އެންމެނަށް ބޫސްޓާ ޑޯޒް ޖަހަން ކުރާ މަސައްކަތުގެ މައުލޫމާތު ދެއްވައިފަ އެވެ.

ސަރުކާރުން ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ މެދުތެރޭގައި މުޅި އާބާދީއަށް ބޫސްޓާ ޑޯޒްތައް ޖަހަން ފަށާށެވެ. ނަމަވެސް ވެކްސިން ނުގެނެވުމާއި ވެކްސިން ގެނައުމަށް ފަހު ވެކްސިން ޖަހަން ބޭނުންކުރާ ސިރިންޖުތައް ނުލިބިގެން އޮތީ ނުފެށިފަ އެވެ.

ޝާހު މިއަދު ވިދާޅުވީ ރައްޔިތު އެންމެނަށް ބޭނުންވާ ވަރަށް ބޫސްޓާ ޑޯޒް މިހާރު ހަމަޖެހިފައިވާ ކަމަށާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެސް ބޫސްޓާ ޑޯޒް ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ.

"ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭން އަޅުގަނޑުމެން ފުދޭވަރަކަށް ފާސްޓުކޮށް މި މަހުގެ މެދެއްހާތާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން." ޝާހު ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢައިމިނަ

ޙަމަ ހިތަށްއަރުވާއިރަށް ލިބޭނެ ދުވަހެއް ނޭގޭ ސިރިނޖުތަށް ވެސް ލިބުނީތަ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910