އެޑްވަޓޯރިއަލް

މައި ކޮލެޖުން ދައްކަނީ ރީތި ނަމޫނާއެއް

May 20, 2020

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ގެއްލުންވެފަ އެވެ. އެގޮތަށް މި ކުޑަކުޑަ ދިވެހިރާއްޖެ އަށް ވެސް މި ދެރަ ދުވަސްތަކާ މިވަނީ ކުރިމަތިލާފަ އެވެ. ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތަކުގެ އިގްތިސޯދުދަށްވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަ އެވެ. އެތަށް ބައެއްގެ މުސާރަ ކުޑަ ކުރި އެވެ. މީގެ ފުން އަަސަރު ރާއްޖެ އަށް ބޮޑެވެ. އެކަމަކު ގިނަ ކަންތައްތަކެއް އެފުއް މިފުށަށް ޖެހުނުނަމަވެސް ދިވެހީންގެ އެހީތެރިވުމުގެ ސަގާފަތް ދަމަހައްޓާ ބައެއް ކުންފުނި ތަކުން އެ ކުންފުނީގެ މުވައްޒަފުންނަށް ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. މުޖުތަމަ އަށް ހިލޭ އެހީތެރިކަން ދެމުންނެވެ.

މި ރީތި މިސާލު ދައްކާ އެއް ކުންފުންޏަކީ ދިވެހިންނަށް މަތީ ތައުލީމް ފޯރުކޮށްދޭން ބޮޑު ބިންގަލެއް އަޅާފައިވާ، މިއާންޒް އިންޓަނޭޝަނަލް ކުންފުނީގެ ދަށުން ހިންގާ މައި ކޮލެޖެވެ.

މުވައްޒަފުންގެ މުސާރަ ކުޑައެއް ނުކުރެ

"މި ދަތި ދަނޑިވަޅުގައި، އަޅުގަނޑަށް ހަމަޖެހުމެއް ލިބުނީ ވަޒީފާ އަށް އަދި މުސާރަ އަށް އެއްވެސް ބުރުލެއް ނާރާނޭ ހަބަރު ލިބުމުން. އަދި ހަމައެއާއެކު އެތައްބައެއްގެ ވަޒީފާ ގެއްލި ހާލުގައި ޖެހުނުއިރު އަޅުގަނޑަށް މުސާރަ ލިބުނީ ދޭން ހަމަޖެހިފައިވާ މުސާރައިގެ ކުރިއެރުމާއެކުގަ އެވެ." ހަތް އަހަރަށް ވުރެ ގިނަދުވަހު މައި ކޮލެޖް ގައި މަސައްކަތް ކުރަމުން އަންނަ ޓީޗަރެއް އޭނާގެ އިހުސާސްތައް ބުނެދިނެވެ.

މި އިހްސާސް އަކީ މިއަދު މިއާންޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ހިތުގައި އެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑަށް ޝުކުރުވެރިކަމާއެކު ދައުރުވަމުން އަންނަ އިހުސާސެކެވެ.

އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދޭ

މައި ކޮލެޖުން ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުން ވެސް މި ދުވަސްތަކުގައި ކޮލެޖުން ދެއްވި ހާއްސަ ޑިސްކައުންޓްތަކަށާއި އެ ކުދިންނަށް ކިޔެވުމުގެ ރޮނގުން ކިޔަވަން ދިން ފަސޭހަތަކަށް ތައުރީފު ލިބެނީ މި ކޮލެޖުން ކިޔަވާ ކުދިންނާ ދޭތެރޭ މި ދަނޑިވަޅުގައި މައި ކޮލެޖުން ވިސްނާކަމުގެ ހެއްކެކެވެ. މައި ކޮލެޖުން "ޒޫމް" މެދުވަރިކޮށް ހުރިހާ ކްލާސްތަކެއް ކުރިއަށް ގެންދެއެވެ. އަދި "ކެންވަސް، ގޫގުލް ކްލާސްރޫމް" މެދުވެރިކޮށް ކުދިންނަށް ބޭނުންވާ ފިލާވަޅުތައް ފޯރުކޮށްދެ އެވެ.

"ހުރިހާ ކުދިން ވެސް ތިބީ ވަރަށްކަން ބޮޑުވެ މާޔޫސްވެފައި ލޮކްޑައުން އައުމުން ކިޔެވުން ހުއްޓޭނެކަމަށް ހީކޮށް. އެކަމަކު ކޮލެޖުން ހުރިހާ ކުލާސްތައް އޮންލައިންކޮށް ހުރިހާ ކުދިންނަށް ބާއްވަ ފެށީ، އަދި ލެކްޗަރާ އިން ބަރާބަރަށް ހުރިހާ ކްލާސްތައް ކުރިއަށް ގެންދޭ، އަދި އިތުރު ސުވާލު ތަކަށް ޖަވާބު ދޭން އިތުރު ވަގުތު ވެސް ލިބޭ. ހުރިހާ ކުދިންނަށް ބޭނުންވާ ހުރިހާ މައުލޫމަތެއް އޮޅުންފިލުވައިދީ ބުނެދޭ، އެއްވެސް ސުވާލަކަށް ޖަވާބު ނުލިބި ނުދޭ، ހުރިހާ ފިލާވަޅެއް ވެސް އެނގޭގޮތަށް ބުނެދޭ، ހުރިހާ ކުދިން ވެސް ތިބީ ވަރަށް އުފަލުން އޮންލައިންކޮށް ގޭގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ލިބުމުން، ވަރަށް އައު ކަމެއް، އެކަމަކު ވެސް ވަރަށް ފަސޭހަ،" މައި އެ ކޮލެޖުގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.

މުޖުތަމައަށް ހިލޭ ގިނަ އެހީ ތަކެއް

މި ކުންފުނިން ވަނީ ފޭސް ތަކަކަށް ބަހާލައިގެން ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން މުޖްތަމައަށް އެހީތެރިވުމުގެ މަސައްކަތް ތަކެއް ވެސް ކޮށްދީފަ އެވެ. މީގެތެރެއިން ސެނެހިޔާ ހޮސްޕިޓަލް ބޭނުންވާ ބައެއް ރައްކާތެރިކަމުގެ ސާމާނު ފޯރުކޮށް ދިނުމާއި ހިތަދޫ ސޯޝަލް ސަޕޯޓް ޑެސްކް އަދި ހުޅުމާލޭ ކުދަކުދިންގެ ހިޔާ ފިޔަވައްޗާއި ށ. މިލަންދޫ ގެ ޓާސްކްފޯސް އަދި ނ. ހޮޅުދޫ ހެލްތް ސެންޓަރ އަށް ސެނިޓައިޒާ ހަދިޔާ ކުރުން ހިމެނެ އެވެ.

ހޭލުންތެރި ކުރުވަން ވެބިނާ ތަކެއް މިރޭ ފަށާނެ

މައި ކޮލެޖުން ވަނީ ދެވަނަ ފޭސްގެ ދަށުން އެމްއައި ސީ ޓޯކްސް ގެ ނަމުގައި ވެބިނާ ޕެނަލް ޑިސްކަޝަން ތަކެއް މިރޭ ފަށާނެ އެވެ. މި ޕެނަލް ޑިސްކަޝަން އެ ކޮލެޖުން އެފްބީން ވަގުތުން ދައްކާނެ އެވެ. މި ޑިސްކަޝަން ތަކުގައި މި އާ ހާލަތަށް ހޭނުމާ ބެހޭ ގޮތުން ތަޖުރިބާ ކާރުންގެ ލަފާ ލިބިގެން ދާނެ އެވެ. މި ޑިސްކަޝަން ތަކަކީ އާމުންނަށް ބައިވެރިވެ ސުވާލުކުރެ ވޭގޮތަށް ފޭސްބުކްގައި ކުރިއަށް ގެންދެވޭނެ ޑިސްކަޝަން ތަކެކެވެ. މި ފަދަ ދަނޑިވަޅެއްގައި މައި ކޮލެޖްގެ ފަރާތުން ފެނިގެން މި ދިޔައީ މިއަދު މިގައުމަށް ބޭނުންވާނެ އިސްނެގުމާއި ފަރުދީ ޒިންމާ އަދާކުރުމުގެ ލާމަސީލު މިސާލު ދައްކާ ބައެއްގެ ގޮތުގަ އެވެ.