ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެކްސިން ޖެހުން އޭޑީކޭގައި އަލުން ފަށަނީ

އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖެހުމުގެ ހިދުމަތް އަލުން ފަށަން ނިންމައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނީ ކޮވިޑް-19 އާ ގުޅިގެންް ގިނަ ހިދުމަތްތައް މެދުކަނޑާލާފައި އޮވެ ވެކްސިން ޖެހުމުގެ ހިދުމަތް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ. ތުއްތު ކުދިންނަށް ވެކްސިން ދޭން ޖެހޭ ދުވަސް ދުވަހު ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާވަމުން އަންނަކަން ބެލެނިވެރިން ވަނީ ސޯޝަލް މީޑިއާގައި މީގެ ކުރިން ހިއްސާ ކޮށްފަ އެވެ.

ވެކްސިން ޖަހައިދެނީ އެޕޮއިންޓްމަންޓް އާއެކު ކޮންމެ ހަފުތާ އެއްގެ ހޯމަ އަދި ބުދަ ދުވަހު ހެނދުނު 10 އަކުން މެންދުރުފަހު 14:00 އަށެވެ. ހިދުމަތަށް އެދޭ މީހުން އޭޑީކޭގެ ނަންބަރު، 1440 އަށް އެޕޮއިންޓްމަންޓު ހޯދުމަށް ގުޅަން ޖެހޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޑޮކްޓަރަށް ދައްކަން ބޭނުންވާާ ފަރާތްތަކަށް ދަަތިތަކާ ކުރިމަތިވަމުން އަަންނާތީ އޭޑީކޭގައި އަންނަނީ އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އޮންލައިން ފްލޫ ކްލިނިކުގެ އިތުރުން އޭޑީކޭގެ ސްްޕެޝަލިސްޓުން ވެސްް އޮންލައިން ހިދުމަތަށް ވަނީ ނިކުމެފަަ އެވެ. އޮންލައިން ކޮށް އޭޑީކޭ އިންް ދުވާލަކަށް 1000 އެއްހާ މީހުން ކޮންސަލްޓު ކުރާ ކަމަށް އޭޑީކޭ އިން ޓްވިޓާގައި ހިއްސާ ކުރާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި ކޮވިޑް އަށް ޕޮސިޓިވްވެފައިވާ ކޭސްތައް 1600 އަަށް ވުރެ މައްޗަށް ވަނީ އަރާފަ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ރަނގަޅު ވެފައިވާއިރު ފަސް މީހަކު ވަނީ މަރުވެފަ އެވެ.