އެޑްވަޓޯރިއަލް

ރަށުގައި ހުރެ އެމްބީއެސްއިން މާސްޓާސް ޑިގްރީ

Jun 21, 2020

މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އަކީ މަތީ ތައުލީމުގެ ދާއިރާގައި ނަން ހިނގާ ކޮލެޖެކެވެ. އެމްބީއެސް އެންމެ ބޮޑަށް ހާއްސަ ވަނީ އެ ކޮލެޖްގެ ފަރާތުން ފަރާތުން މަތީ ތައުލީމު ފަސޭހަ ކަމާއެކު މުޅި ރާއްޖެއަށް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.

ސެޓްފިކެޓް ހަތަރަކުން ފެށިގެން މާސްޓާސް ޑިގްރީ އާއި ހަމައަށް ތަފާތު އެތައް ދާއިރާތަކުގެ ކޯސް ތަކެއް ކުރިއަށް ގެންދާއިރު، ގިނަ ކޯސްތަކަކީ އޮންލައިން ކޮށް ކޮންމެ ތަނެއްގައި ތިބެގެން ވެސް ކިޔެވޭނެ ކޯސްތަކެކެވެ. މި ކޯސްތަކުގައި ބައިވެރިވުމަށް ކޮންމެ މަހަކު ވެސް ފުރުސަތު ހުޅުވާލަ އެވެ.

އަންނަ ޖުލައި މަހުގެ އިންޓޭކް ހާއްސަ ވެފައި ވަނީ މާސްޓާސް ޑިގްރީ ޕްރޮގްރާމް ތަކަށެވެ. ބިޒްނަސް ސްކޫލުން ބުނި ގޮތުގައި މި އިންޓޭކްގައި 23 ޖޫންގެ ކުރިން މާސްޓާސް ޑިގްރީ ކޯސްތަކުގައި އެންރޯލްވާ ދަރިވަރުންނަށް ކޯސް ފީގެ 20 ޕަސެންޓް ޑިސްކައުންޓެއް ދޭނެ އެވެ.

އެ ކޮލެޖުން ބުނި ގޮތުގައި މާސްޓާސް ޕްރޮގްރާމަކީ އޮންލައިންކޮށް ކުރިއަށް ގެންދާ ކޯހެކެވެ. ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ކްލާސް ރިސޯސްތައް ވެސް އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އެވެ.

މާސްޓާސްގެ އިތުރުން އެހެން ކޯސްތައް ވެސް މި އިންޓޭކްގައި ފަށާނެ އެވެ. މާސްޓާސް ޕްރޮގްރާމަށް އެޕްލައި ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ ޖޫން 23 އެވެ. އަދި އެހެން ކޯސްތަކަށް އެޕްލައި ކުރެވޭނެ ތާރީހަކީ ޖޫން 27 ގެ ކުރިންނެވެ. އަދި މި ކޯސްތަކުގައި ބައިވެރިވުމަށް އެމްބީއެސް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅޭނެ އެވެ.